އޭސީ މިލާން ޗެމްޕިއަންސް ލީގުގެ ސެމީއަށް ދިޔައީ، ކުއާޓާ ފައިނަލުގައި އިޓަލީގެ ނަޕޯލީއާ ވާދަކޮށް ދެ މެޗުގެ އެގްރިގޭޓު ދެ ލަނޑު އެއް ލަނޑުން މޮޅުވެގެންނެވެ.
ފުރަތަމަ މެޗުގައި އެއް ލަނޑު ސުން ލަނޑުން މިލާން މޮޅުވެފައި އޮތުމުން އެކަމުގެ އެޑްވާންޓޭޖާއެކު ދެވަނަ މެޗުގައި އަންގާރަ ދުވަހު ނުކުމެ މެޗު ނިމުނީ އެއް ލަނޑު އެއް ލަނޑުން ދެ ޓީމު އެއްވަރު ވެގެންނެވެ. މި ނަތީޖާއާއެކު 16 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ސެމީން މިލާނަށް ފުރުސަތު ލިބުނީއެވެ.
2007 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ސެމީއަށް މިލާން ދިޔައިރު، 2007 ވަނަ އަހަރު މުބާރާތް ކާމިޔާބު ކުރީ އެ ޓީމުންނެވެ.