ads
ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނަ ވެލާނާ އޮފީސް އިމާރާތް:
ސީއެސްސީން، ގަވާއިދާއި ހިލާފަށް ކަނޑާލި 17 މުވައްޒަފަކަށް 2.7 މިލިއަން!
ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ނުކޮށް ގަވާއިދާއި ހިލާލަށް ކަނޑާލި ސިވިލްސާވިސްގެ 17 މުވައްޒަފަކަށް ބަދަލުގެ ގޮތުގައި 2.7 މިލިއަން ރުފިޔާ ދީފައިވާކަމަށް ސީއެސްސީގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ގޮތުން މި 17 މުވައްޒަފުންނަކީ ދައުލަތުގެ ނުވަ އިދާރާއަކުން ގާނޫނާއި ހިލާފަށް ނުވަތަ ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ނުކޮށް ކަނޑާލި މުވައްޒަފުންނެވެ.

މީގެތެރެއިން އެންމެ ގިނަ މުވައްޒަފުން ކަނޑަލީ ޓްރާންސްޕޯޓް މިނިސްޓްރީންނެވެ. އެ އިދާރާއިން ގާނޫނާއި ހިލާފަށް ނުވަ މުވައްޒަފަކު ކަނޑާލާފައިވާކަމަށާއި ވަޒީފާއާއި ބެހޭ ޓްރެބިއުނަލްގެ އަމުރަށް އެ މުވައްޒަފުންނަށް 1.4 މިލިއަން ރުފިޔާގެ ބަދަލެއް ދީފައިވާކަމަށް ސީއެސްސީގެ އޮޑިޓް ރިޕޯޓުން ދައްކައެވެ.

ދެން އެންމެ ގިނައިން ބަދަލު ދީފައިވަނީ ކައުންސިލްތަކުން ގާނޫނާއި ހިލާފަށް ކަނޑާލައި ނުވަތަ ފިޔަވަޅު އަޅާފައިވާ މުވައްޒަފުންނަށެވެ.

މީގެއިތުރުން މުވައްޒަފުން ވަޒީފާއިން ވަކިކުރަން ޖެހޭ ހާލަތްތަކުގައި، ގާނޫނީގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށާއި، އެކަމަށް ބޭނުންވާ ގާނޫނީ ލަފާ ލިއުމުން ހޯދުމަށް އޮޑިޓް ރިޕޯޓްގައި ވަނީ އަންގާފައެވެ.

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް