ނަމަވެސް މި ރޯދަމަސް ފެށުނުފަހުން ކަނޑޫދޫ މިރުސް ކިލޯއެއް 150 ރުފިޔާއިން 90 ރުފިޔާއަށް ވަނީ ވެއްޓިފައެވެ. އަދި ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކަނޑޫދޫ މިރުސް ކިލޯއެއް އެވްރެޖްކޮށް ބާޒާރުގައި ހުރީ 90 ރުފިޔާއާއި 120 ރުފިޔާއާއި ދެމެދުގައެވެ.
ނަމަވެސް ބާޒާރުގެ ބައެއް ގޮޅިތަކުގެ ސޭޓުން މިއަދު ބުނެފައިވަނީ 90 ރުފިޔާއަށް ހުރި ކަނޑޫދޫ މިރުސް ކިލޯ، ނަގާމަނަ 70 ރުފިޔާއަށް ދެވިދާނެ ކަމަށެވެ.
މިއަދުގެ ބާޒާރުގެ އަގުތައް:
- ކަނޑޫދޫ މިރުސް - ކިލޯ 70 - 120 ރުފިޔާއަށް
- ބަރަބޯ - ކިލޯއެއް 18 ރުފިޔާ 22 ރުފިޔާއަށް
- ކަރާ - ކިލޯއެއް ލިބެން ހުރީ 18 - 25 ރުފިޔާ އާ ދެމެދުގެ އަގަކަށް
- ކާއްޓެއް - ލިބެން ހުރީ 8 - 20 ރުފިޔާ އާ ދެމެދުގެ އަގަކަށް
- ކުރުނބަލެއް - 25 - 60 ރުފިޔާ އާ ދެމެދުގެ އަގަކަށް ލިބެން އެބަހުރި
- ކޮޕީ ފަތެއް - 3 ރުފިޔާއަށް ލިބޭ
- ޕެޝަން ފުރުޓް - ކިލޯއެއް 120 ރުފިޔާ
- މާޅޮސްކެޔޮ - ކިލޯއެއް 40 ރުފިާ
- ފަޅޯ ކިލޯއެއް - 28 ރުފިޔާ
- ދިވެހި އަނބު - ކިލޯއެއް ލިބެން ހުރީ 80 ރުފިޔާއަށް
- ދިވެހި އަނބު - ކިލޯއެއް ލިބެން ހުރީ 80 ރުފިޔާއަށް
މިއަދުގެ ބާޒާރުގައި މަހުގެ ބާވަތްތަކުގެ އަގުތައް ހުރިގޮތް:
- ކަންނެލި އަދި ކަނޑުމަސް - ކިލޯއެއް ލިބެން ހުރީ 30 - 35 ރުފިޔާ އާ ދެމެދުގެ އަގަކަށް
- ފަރުމަސް - ޅިޔައަޅާފައިވާ އާދައިގެ މަހެއް ވިއްކަމުން ދަނީ 40 - 200 އާ ދެމެދުގެ އަގަކަށް
- ގިނިމަސް - ކުޑަ ގިނިމަހެއްގެ ވިއްކަނީ 15 - 20 ރުފިޔާ އާ ދެމެދުގެ އަގަކަށް
- ވަޅޯމަސް ލައްޓި ރާނގޮނޑި ސައިޒުގެ މަހެއް: 15 -25 ރުފިޔާ ދެމެދުގެ އަގެއް
- ކަނޑުމަސް ގޮދާ ސައިޒްގެ މަހެއް 60 ރުފިޔާއިން މަތީގައި
އާންމު ކާބޯތަކެތީގެ ތެރެއިން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހޯލްސޭލްކޮށް:
- ފިޔާ ބަސްތާއެއް ވިއްކަމުން ދަނީ 160 ރުފިޔާއަށް
- އަލުވި ބަސްތާ ވިއްކަނީ 240 ރުފިޔާއަށް
- ބިސް ކޭހެއްގެ އަގަކީ 280 ރުފިޔާ
ފިޔާ، އަލުވި އަދި ބިސް ރީޓެއިލްކޮށް ލިބެންހުރި އަގުތައް:
- އަލުވި ކިލޯއެއް - 11 ރުފިޔާއަށް
- ފިޔާ ކިލޯއެއް - 9 ރުފިޔާއަށް
- ބިހެއް - 1.75 ރުފިޔާއަށް
ލިނބޯގެ އަގު އުފުލުމާ ގުޅިގެން ރާއްޖެއަށް ލިނބޯ އެތެރެކޮށް، އެ ކުންފުނީގެ ފިހާރަތަކުން ލިނބޯ ކިލޯއެއް ވިއްކަމުން ދަނީ 60 ރުފިޔާގެ އަގަކަށެވެ.