ads
ދަގަނޑޭ
ދަގަނޑޭ ހުރުމުގެ އެޑްވާންޓޭޖާއެކު އީގަލްސްއާއި ދެކޮޅަށް
ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ކްލަބް އީގަލްސް ކުޅޭއިރު، ސަސްގައި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު ހުރުމަކީ ޓީމަށް އޮތް ބޮޑު އެޑްވާންޓޭޖެއްގެ ގޮތުގައި ސަސްގެ ކޯޗު އިސްމާއިލް މަހްފޫޒު – އިންމަ ފާހަގަކޮށްފިއެވެ.

ޕްރެޒިޑެންޓްސް ކަޕުގައި ސަސްއާ އީގަލްސް ކުޅޭ މެޗު އޮންނާނީ މިރޭ 10 ޖަހާއިރުއެވެ. މިއީ މި މުބާރާތުގައި އީގަލްސްގެ ފުރަތަމަ މެޗެވެ. 

ސަސްވަނީ އެ ޓީމުގެ ފުރަތަމަ މެޗުގައި ބޮޑު ތަފާތަކުން ވެލެންސިޔާ ބަލިކޮށްފައެވެ. އެހެންކަމުން ސަސްއަށް މިރޭގެ މެޗަށް ނުކުންނައިރު ހުރިހާ ގޮތަކުންވެސް އެޑްވާންޓޭޖު ބޮޑެވެ. ސަސްގެ ކޯޗު، އިންމަ ބުނީ ދަގަނޑޭގެ ލީޑަޝިޕްގެ ބޭނުންހިފާނެ ކަމަށެވެ. އަދި ދަގަނޑޭ ހުރުމަކީ ކޯޗެއްގެ ގޮތުގައި ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް އިންމަ ބުންޏެވެ.

ކޯޗަކަށް ވެސް އޮންނަ ހިތްހަމަޖެހުމެއް އެއީ ދަގަނޑޭ ހުރުން، ދަގަނޑޭ އެންމެ ޕީކުގައި ނެތް ކަމުގައި ވިޔަސް އޭނަ ޓީމެއްގައި ހުރެ، ހަމައެކަނި ފީޗާޑް ޕްލޭޔަރެއްގެ ގޮތުގައި މަސައްކަތް ނުކުރެވުނަސް އެ ޓީމަކަށް ފައިދާ ހުރި އެތައް ކަމެއް ކުރުމުގެ ގާބިލުކަމެއް އަޝްފާގުގެ ހުންނާނެ. އަޝްފާގު ހުރުމަކީ ޓީމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް،" އިންމަ

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު- ދަގަނޑޭ ކްލަބު ފުޓްބޯޅައާ އަހަރެއްހާ ދުވަހު ދުރުގައި ހުރުމަށް ފަހު އަލުން އެނބުރި އައިސް ޕްރެޒިޑެންޓްސް ކަޕުގައި މިދިޔަ ހަފްތާގައިވަނީ ވެލެންސިޔާ ކޮޅަށް ދެ ލަނޑު ޖަހާފައެވެ. 

ހުކުރު ދުވަހުގެ ރޭ ދަގަނޑޭގެ ކެޕްޓަންކަމުގެ ދަށުގައި ސަސްއިން ވެލެންސިޔާ ބަލިކުރީ ފަސް ލަނޑު ސުން ލަނޑުގެ ބޮޑު ތަފާތަކުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް