ads
ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާދިން ރޭ——
ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ހުކުމް އޮގަސްޓްމަހު
ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މީގެ ދެ އަހަރު ކުރިން ދިން ޓެރަރިސްޓު ހަމަލާގައި ބައިވެރިވި ކަމަށް ތުހުމަތުކޮށް ދައުވާ ކުރާ މީހުންގެ މައްޗަށް އަންނަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ހުކުމް ކުރާ ގޮތަށް، ކޯޓުން ތާވަލެއް އެކުލަވާލައިފިއެވެ.

2021 ވަނަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ، ނަޝީދަށް އަމާޒުކޮށް، ސައިކަލެއްގައި އަމިއްލައަށް ހަދާފައިވާ ބޮމެއް ގޮއްވާލި މައްސަލާގައި މިހާރު ޝަރީއަތް ކުރިއަށް ދަނީ، ޓެރަރިޒަމްގެ އެކި ދައުވާ އުފުލިފައިވާ ތަހުމީން އަހުމަދާއި، މުޖާޒް އަހްމަދާއި، އަލީ ހައިޝަމާއި، މުހައްމަދު ނާޒިމާއި، އިސްހާގައި، ފަހުމީ އަލީގެ ބައެވެ. 

މިދިޔަ އަހަރުގެ މެދު ތެރޭގައި ޝަރީއަތުގެ އަޑުއެހުންތަކެއް ބާއްވާފައި، ގާތްގަނޑަކަށް އަށް މަހެއްހާ ދުވަހު އަޑުއެހުމެއް ނުބޭއްވި ދިޔުމަށް ފަހު މިއަދު ބޭއްވި އަޑުއެހުމުގައި ކުރިއަށް ގެންދިޔައީ ކޮންމެ ހަސްމަކު ވެސް އިފްތިތާހީ ބަޔާން ހުށަހެޅުމެވެ.

މިއަދުގެ ޝަރީއަތް ގާތްގަނޑަކަށް ދެ ގަޑިއިރެއްހާ ދެމިގެން ދިޔައިރު، ދައުލަތުގެ އިފްތިތާހީ ބަޔާނާއި، ދައުވާ ރައްދުވާ ހަ މީހުންގެ ވަކީލުންގެ ފަރާތުން އިފްތިތާހީ ބަޔާން އިއްވައި ނިންމުމުން މައްސަލަ ބައްލަވާ ގާޒީ ސޮފްއަތު ހަބީބު ވަނީ ކުރިއަށް އަށް އަޑުއެހުމެއް ބާއްވައިގެން މައްސަލަ ނިންމާ ގޮތަށް ތާވަލެއް ދީފައެވެ.  

އިފްތިތާހީ ބަޔާން ނުވަތަ އޯޕެނިންގ ސްޓޭޓްމަންޓަކީ، ދައުވާ އިއްވުމާއި ދައުވާ ޖަވާބުދާރީވުމާއި ހެކިތައް ހާމަކުރުމަށް ފަހު، ޝަރީއަތް ފެށުމުގެ ގޮތުން ހުރިހާ ހަސްމުން ޝަރީއަތުގައި އިއްވާ ބަޔާނެކެވެ. އިފްތިތާހީ ބަޔާނުގައި މައިގަނޑު ގޮތެއްގައި ފާހަގަކުރާނީ ކޮންމެ ބަޔަކުވެސް ޝަރީއަތް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްލޭނެވެ.

މޭ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ އާއި ގުޅިގެން ތަހުގީގުތައް ކޮށް ދައުވާކުރުމަށް ކޯޓަށް ހުށަހަޅުމަށް ކޮށްފައިވާ މަސައްކަތްތައް ރަނގަޅު ނަމަވެސް، މައްސަލާގެ ޝަރީއަތްތައް ލަސްކަމުން ކަންބޮޑުވާކަމަށް، އެމައްސަލާ އާއި ގުޅޭ ތަހުގީގާއި އެންމެހާ ކޯޓު މަރުހަލާތައް ގާތުން ބެއްލެވުމަށްޓަކައި ރައީސްގެ ފަރާތުން އައްޔަން ކުރައްވާފައިވާ ހާއްސަ މަންދޫބް އާއްބާސް ފާއިޒް ވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް