ads
ޓިވެޓް ސެންޓަރު
އަލިފުށީ ޓިވެޓް ސެންޓަރު ހިންގަން ފެށުމަށް ތައްޔާރުވަނީ
ރ އަލުފުށީގައި ގާއިމް ކުރާ ޓިވެޓް ސެންޓަރު ހިންގަން ފެށުމަށް ތައްޔާރުވަމުން ގެންދާކަމަށް ހަޔަ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ޓިވެޓް ސެންޓަރު އިމާރާތް ކުރުމުގެ މަސައްކަތުގައި މިހާރު ތިން ބްލޮކްގެ ކޮންކްރިޓް މަސައްކަތް ނިންމާ ރޭނުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި އެހެންކަމުން އެތަނުގެ ޓްރެއިނިންތައް ފެށުމަށް ތައްޔާރުވަމުން ގެންދާކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެގޮތުން ކިޔަވައިދޭ ޕްރޮގްރާމްތަކާއި ޓެކްނިކަލް މަސައްކަތްތަކުގެ އިތުރުން އިދާރީ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްތައްވެސް މިހާރު ކުރިއަށްދާކަމަށާއި އައިސީޓީ ލެބޯޓަރީއާއި ވޯކްޝޮޕަށް ބޭނުންވާ އިކުއިޕްމަންޓް ހޯދުމުގެ މަސައްކަތްވެސް ހިމާރު ފެށިފައިވާކަމަށް އެމިނިސްޓްރީން ބުނެއެވެ.

މިއީ ބޯޓް ބިލްޑިންއަށް ހާއްސަ ޓިވެޓް ސެންޓަރެއް ނަމަވެސް އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައްވެސް އެތަނުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ހަޔައެޑިއުކޭޝަނުން ވަނީ ބުނެފައެވެ.

ޓިވެޓް ސެންޓަރުގައި 58 ދަރިވަރުންގެ ޖާގައިގެ އެކޮމޮޑޭޝަން ބްލޮކަކާއި އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމެއް ހުންނާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް