ބޭނުންވާތަކެތި: (2 ތަށި ތައްޔާރުކުމަށް)
ތައްޔާރުކުރާނެ ގޮތް:
ކުޑަވަނަކާއި މޯލެއް ބޭނުންކުރާށެވެ. ނުވަތަ ޖަގެއްގެ ތެރެއަށް، ފަތްކޮޅު، 2 ލުނބޯ ފޮތި ނުވަތަ 2 މޭޒުމަތީ ސަމްސާ ހަކުރު އަދި ލޮނުކޮޅެއް އަޅާލާށެވެ. 2 މޭޒުމަތީ ސަމްސާ ހަކުރު ބޭނުންކުރުމުން ފޮނިރަހަ ރަގަޅުވާނެއެވެ. ތަންކޮޅެއް ފޮނިމަޑުކޮށް ބޭނުންވާ ބޭފުޅުން 1 މޭޒުމަތީސަމްސާ ހަކުރު ބޭނުންކުރުން ރަގަޅުވާނެއެވެ. ސިއްހަތައް އެންމެ ފައިދާހުރި ގޮތެއް އިޚްތިޔާރު ކުރައްވާނަމަ، ހަކުރުގެ ބަދަލުގައި މާމުއިވެސް ބޭނުންކުރެވޭނެއެވެ. ވަނަ ބޭނުންކޮށްގެން ހުރިހާ އެއްޗެއް މަޑުމަޑުން އެއްކޮށްލާށެވެ. އެއްކޮށްލި އެއްޗެހިތައް 2 ތައްޓަށް އެއްވަރަށް ބަހާލާށެވެ. ކޮންމެ ތައްޓަކަށް 1 މޭޒުމަތީސަމްސާ ލުނބޯ ހުތް އަޅާލާށެވެ. އެއަށްފަހު އޭގެތެރެއަށް އައިސްކިއުބު އަޅާލާށެވެ. ދެން ސޮޑާ ނުވަތަ ފެން އަޅާލާށެވެ. އެއަށްފަހު ސަމްސަލަކުން އެއްކޮށްލާށެވެ. މިހާހިސާބުން މިހުރީ ބެސިލް ލެމަން މޮޖީޓޯ ސާވްކުރަން ތައްޔާރަށެވެ.