ads
އީގަލްސް - ސަސް މެޗުގެ ތެރެއިން
ފަހަތުން އަރައި އީގަލްސް އިން ސަސް ބަލިކޮށްފި
ދެ ލަނޑުން ކުރީގައި އޮއްވާ، ފަހަތުން އަރައި އީގަލްސް އިން ސުޕަ ޔުނައިޓެޑު ކޮޅަށް ހަތަރު ލަނޑު ޖަހައި މެޗު ކާމިޔާބުކޮށްފިއެވެ.

ޕްރެޒިޑެންޓްސް ކަޕުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މި މެޗުން އީގަލްސް މޮޅުވީ ހަތަރު ލަނޑު ދެ ލަނޑުންނެވެ. މި މެޗުގައި ފުރަތަމަ  ދެ ލަނޑު ޖަހައި ކުރި ހޯދީ ސުޕަ ޔުނައިޓެޑުންނެވެ.

ބުދަ ދުވަހުގެ ރޭގެ މެޗުގެ ވަރަށް ކުރީކޮޅު ސަސްގެ ކެޕްޓަން އަލީ އަޝްފާގު- ދަގަނޑޭގެ ލަނޑުން އެ ޓީމު ލީޑު ނެގިއެވެ. މިއީ ސީޒަނުގައި ދަގަނޑޭގެ ތިންވަނަ ލަނޑެވެ. އޭނާ އަދި ކުޅުނީ ދެ މެޗެވެ. ދަގަނޑޭގެ ލަނޑަށް ފަހު މާ ގިނަ އިރުތަކެއް ނުވެ، ދަގަނޑޭއަށް ކުރި ފައުލަކާ ގުޅިގެން ސަސްއަށް ޕެނަލްޓީއެއް ލިބުނެވެ. ސަސްގެ ދެވަނަ ލަނޑު ޖެހީ މި ޕެނަލްޓީންނެވެ. ދަގަނޑޭއަށް ކުރި ފައުލަކާއެކު ޕެނަލްޓީއެއް ދިންއިރު، ދަގަނޑޭވަނީ އެ ފައުލާއެކު އަނިޔާ ވެގެން ބަދަލުކޮށްފައެވެ.

އީގަލްސް އިން މެޗުގެ ނަތީޖާ އަނބުރާލީ ފަހު ހާފުގައި ހައެއްކަ މިނިޓް ތެރޭ ޖެހި ލަނޑުތަކާއެކުއެވެ. އީގަލްސްގެ ފުރަތަމަ ލަނޑު މެޗުގެ 67 ވަނަ މިނެޓުގަ އަހުމަދު ރިޒުވާން (ރިޒޭ) ނަގައިދިން ބޯޅަ އަކުން ޖަހައިދިނީ އިވާން އެވެ. އީގަލްސް އިން ނަތީޖާ ހަމަހަމަ ކުރީ 72 ވަނަ މިނެޓުގަ ފޭދޫ އިއްބެ ޖެހި ލަނޑުންނެވެ. އަދި އޭގެ ކުޑަ އިރުކޮޅެއް ފަހުން ތިންވަނަ ލަނޑެއް ޖަހައި އީގަލްސްއިން މެޗުގައި ލީޑު ނެގިއެވެ. ތިންވަނަ ލަނޑު ޖެހީ އިމްރާން ނަޝީދު އެވެ. އަދި ފަހު ލަނޑަކީ ލިބުނު ޕެނަލްޓީއަކުން ރިޒޭ ޖެހި ލަނޑެކެވެ.

އީގަލްސް ޕްރެޒިޑެންސް ކަޕްގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވެ ތިން ޕޮއިންޓް ހޯދިއިރު މި ގްރޫޕުން ސެމީގެ ޖާގަ ލިބޭނެ ޓީމް ޔަގީންވާނީ ފަހު މެޗުގައި އީގަލްސް އާއި ވެލެންސިއާ މި މަހު 24 ވަނަ ދުވަހު ވާދަކުރާ މެޗުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް