ads
ފެނަކަ އާއިލީ އަށްވަނަ ގުރުއާން މުބާރާތުގެ ވަނަތައް ހާސިލުކުރި ފަރާތްތަކަށް އިނާމާއި ހަނދާނީ ލިޔުން ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ:ފެނަކަ
ފެނަކަ އާއިލީ އަށްވަނަ ގުރުއާން މުބާރާތް ނިންމާލައިފި
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް، 'ފެނަކަ އާއިލީ އަށްވަނަ ގުރުއާން މުބާރާތް 1444' ނިންމާލައިފިއެވެ.

ފެނަކައިން ބުނީ މި މުބާރާތަކީ 2019 ވަނަ އަހަރު އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުކަމަށް އަހުމަދު ސައީދު މުހައްމަދު ހަވާލުވެވަޑައިގަތުމަށްފަހު، ސައީދުގެ އެދިވަޑައިގަތުމާއި އިސްނެންގެވުމާ އެކު ކޮންމެ އަހަރެއްގެ ރޯދަ މަހު އެ ކޯޕަރޭޝަނުގެ ރިކްރިއޭޝަން ކުލަބުން އިންތިޒާމް ކޮށްގެން ބާއްވަމުން އަންނަ މުބާރާތެއް ކަމަށެވެ. 

ފެނަކައިން ބުނި ގޮތުގައި 2019 ވަނަ އަހަރު ރޯދަ މަހު ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި މި މުބާރާތް ބާއްވާފައިވާ ކަމަށާއި ކޮވިޑުގެ އާލަމީ ވަބާގެ ސަބަބުން ދެ އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން މި މުބާރާތް 2022 ވަނަ އަހަރު ރާއްޖޭގެ އިތުރު ތިން ސަރަހައްދެއްގައި ބާއްވާފައިވާ ކަމުގައެވެ. މި އަހަރުގެ މުބާރާތަކީ އެގޮތުން ބޭއްވުނު އަށްވަނަ ގުރުއާން މުބާރާތް ކަމަށާއި މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މާލެ ސިޓީގައި ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

your imageފެނަކަ އާއިލީ އަށްވަނަ ގުރުއާން މުބާރާތުގެ ވަނަތައް ހާސިލުކުރި ފަރާތްތަކަށް އިނާމާއި ހަނދާނީ ލިޔުން ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ:ފެނަކަ

ފެނަކައިން ބުނެފައިވަނީ މި މުބާރާތަކީ އެ ކޯޕަރޭޝަނުގެ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކަށް ހާއްސަކޮށްގެން ބާއްވަމުން އަންނަ މުބާރާތެއް ކަމަށެވެ.

  • މި އަހަރުގެ މުބާރާތް ފަށާފައި ވަނީ 17 އޭޕްރީލް 2023 ގައި
  • މި މުބާރާތުގައި ފެނަކައިގެ މުވައްޒަފުންގެ އިތުރުން މުވައްޒަފުންގެ އާއިލާއަށް ނިސްބަތްވާ 78 ދަރިވަރުން ކިޔަވާފައިވޭ

އެ ކޯޕަރޭޝަނުން ބުނީ 'ފެނަކަ އާއިލީ އަށްވަނަ ގުރުއާން މުބާރާތް 1444' ނިމި، މުބާރާތުން ވަނަތައް ހާސިލުކުރި ފަރާތްތަކަށް އިނާމާއި ހަނދާނީ ލިޔުން ދިނުމުގެ ރަސްމިއްޔާތު ބާއްވާފަައިވާ ކަމަށެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ އެކަޑެމިކް އެފެއާޒް ދާއިރާގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ޑރ. ސައުދުﷲ އަލީ ކަމަށް ފެނަކައިން ބުނެއެވެ.

މި މުބާރާތުގައި އުމުރުފުރާތަކުން އެއްވަނަ، ދެވަނައިގެ އިތުރުން ތިންވަނައަށް ދިޔަ ދަރިވަރުންނަށް ތައްޓާއި ހަނދާނީ ލިޔުން ހަވާލުކޮށްފައިވާ ކަމަށް ފެނަކައިން ބުނެއެވެ. ފެނަކައިން ބުނީ މުޅި މުބާރާތުން އެއްވަނައަށް ދިޔަ ފަރާތަށް 15،000 ރުފިޔާ، ދެވަނައަށް ދިޔަ ފަރާތަށް 10،000 ރުފިޔާ އަދި ތިންވަނައަށް ދިޔަ ފަރާތަށް 5،000 ރުފިޔާ ދީފައިވާ ކަމަށެވެ.

your imageފެނަކަ އާއިލީ އަށްވަނަ ގުރުއާން މުބާރާތުގެ ވަނަތައް ހާސިލުކުރި ފަރާތްތަކަށް އިނާމާއި ހަނދާނީ ލިޔުން ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ:ފެނަކަ

ފެނަކަ އާއިލީ އަށްވަނަ ގުރުއާން މުބާރާތުން،

  • އެއްވަނަ ހާސިލުކޮށްފައިވަނީ އިލްޔާސައު މުހައްމަދު ޝަހީމް / ސައިދު މަންޒިލް / ގއ. މާމެންދޫ
  • ދެވަނަ ހާސިލުކޮށްފައިވަނީ އަމީން ފަޒީލް / ރިވަރެސް / ހދ. މަކުނުދޫ
  • ތިންވަނަ ހާސިލުކޮށްފައިވަނީ އާމިނަތު އީޝަލް ބިންތު އުޝާން / މއ.ރިހިރާޅު / ކ. މާލެ
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް