މި ރޯދަމަސް ފެށުނުއިރުވެސް ކަނޑޫދޫ މިރުސް ކިލޯއެއް ވިއްކަމުން ގެންދިޔައީ 300 ރުފިޔާއަށެވެ. ނަމަވެސް އެކަށީގެންވާ ޑިމާންޑެއް ނުލިބި ކަނޑޫދޫ މިރުހުގެ އަގު ދުވަހުން ދުވަހަށް ވެއްޓެމުންގޮސް މީގެ ހަފްތާއެއް ކުރިން މިރުސް ކިލޯއެއް 90 ރުފިޔާއަށް ތިރިވިއެވެ.
އިއްޔެއާއި ހަމައަށް ކަނޑޫދޫ މިރުސް ކިލޯއެއް މާރުކޭޓްގެ ބައެއް ގޮޅިތަކުގައި 70 ރުފިޔާއަށް ތިރިވިއިރު، މިއަދު ބައެއް ގޮޅިތަކުގައި ހުރި ކަނޑޫދޫ މިރުހުގެ ބައެއް ބާވަތްތައް ހުރީ 5 ރުފިޔާއަށް 100 ގުރާމަށެވެ. އަދި ކިލޯ ނަގާނަމަ 45 ރުފިޔާއަށް ކިލޯ ދޭނެކަމަށް ބައެއް ގޮޅިތަކުން ބުނެއެވެ.
މިއަދުގެ ބާޒާރުގެ އަގުތައް:
- ކަނޑޫދޫ މިރުސް - ކިލޯ 45 - 90 ރުފިޔާއަށް
- ބަރަބޯ - ކިލޯއެއް 18 ރުފިޔާ 22 ރުފިޔާއަށް
- ކަރާ - ކިލޯއެއް ލިބެން ހުރީ 18 - 25 ރުފިޔާ އާ ދެމެދުގެ އަގަކަށް
- ކާއްޓެއް - ލިބެން ހުރީ 8 - 20 ރުފިޔާ އާ ދެމެދުގެ އަގަކަށް
- ކުރުނބަލެއް - 25 - 60 ރުފިޔާ އާ ދެމެދުގެ އަގަކަށް ލިބެން އެބަހުރި
- ކޮޕީ ފަތެއް - 3 ރުފިޔާއަށް ލިބޭ
- ޕެޝަން ފުރުޓް - ކިލޯއެއް 120 ރުފިޔާ
- މާޅޮސްކެޔޮ - ކިލޯއެއް 40 ރުފިޔާ
- ފަޅޯ ކިލޯއެއް - 28 ރުފިޔާ
- ދިވެހި އަނބު - ކިލޯއެއް ލިބެން ހުރީ 80 ރުފިޔާ
- ދިވެހި އަނބު - ކިލޯއެއް ލިބެން ހުރީ 80 ރުފިޔާ
މިއަދުގެ ބާޒާރުގައި މަހުގެ ބާވަތްތަކުގެ އަގުތައް ހުރިގޮތް:
- ކަންނެލި އަދި ކަނޑުމަސް - ކިލޯއެއް ލިބެން ހުރީ 30 - 35 ރުފިޔާ އާ ދެމެދުގެ އަގަކަށް
- ފަރުމަސް - ޅިޔައަޅާފައިވާ އާދައިގެ މަހެއް ވިއްކަމުން ދަނީ 40 - 200 އާ ދެމެދުގެ އަގަކަށް
- ގިނިމަސް - ކުޑަ ގިނިމަހެއްގެ ވިއްކަނީ 15 - 20 ރުފިޔާ އާ ދެމެދުގެ އަގަކަށް
- ވަޅޯމަސް ލައްޓި ރާނގޮނޑި ސައިޒުގެ މަހެއް: 15 -25 ރުފިޔާ ދެމެދުގެ އަގެއް
- ކަނޑުމަސް ގޮދާ ސައިޒްގެ މަހެއް 60 ރުފިޔާއިން މަތީގައި
އާންމު ކާބޯތަކެތީގެ ތެރެއިން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހޯލްސޭލްކޮށް:
- ފިޔާ ބަސްތާއެއް ވިއްކަމުން ދަނީ 160 ރުފިޔާއަށް
- އަލުވި ބަސްތާ ވިއްކަނީ 240 ރުފިޔާއަށް
- ބިސް ކޭހެއްގެ އަގަކީ 280 ރުފިޔާ
ފިޔާ، އަލުވި އަދި ބިސް ރީޓެއިލްކޮށް ލިބެންހުރި އަގުތައް:
- އަލުވި ކިލޯއެއް - 11 ރުފިޔާއަށް
- ފިޔާ ކިލޯއެއް - 9 ރުފިޔާއަށް
- ބިހެއް - 1.75 ރުފިޔާއަށް
ލިނބޯގެ އަގު އުފުލުމާ ގުޅިގެން ރާއްޖެއަށް ލިނބޯ އެތެރެކޮށް، އެ ކުންފުނީގެ ފިހާރަތަކުން ލިނބޯ ކިލޯއެއް ވިއްކަމުން ދަނީ 60 ރުފިޔާގެ އަގަކަށެވެ.