ads
ވެމްކޯގެ ފަރާތުން ކުނި ނެގުމުގެ މަސައްކަތް ކުރަނީ: ކުނި އަޅާނެ ކޮތަޅު ފޯރުކޮށްދިނުމަށް ސަޕްލަޔަރުން ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަން ވަނީ ހާމަކޮށްފައި - ފޮޓޯ:ވެމްކޯ
ކޮތަޅު ފޯރުކޮށްދޭނެ ބަޔަކު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން: ވެމްކޯ
ކުނި އަޅާނެ ކޮތަޅު ފޯރުކޮށްދިނުމަށް ސަޕްލަޔަރުން ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ބުނެފިއެވެ.
Advertisement

ކުނި މެނޭޖްކުރުމުގެ ގާނޫނަށް މިިދިޔަ އަންގާރަ ދުވަހު އަމަލުކުރަން ފެށުމާ އެކު، ގާނޫނުގައި ލާޒިމުކޮށްފައިވާ ގޮތަށް ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީ އެއް ނަގަން ފެށުމާ ގުޅިގެން ވެމްކޯއިން ޑަސްބިން ކޮތަޅު ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތާ ގުޅޭގޮތުން އެ ކޯޕަރޭޝަނުގެ އޮފިޝަލަކު "ސީއެންއެމް" އަށް ވިދާޅުވީ ކުނި އަޅަން ބޭނުން ކުރާނެ ކޮތަޅުގެ ޑިޒައިނާއި ސްޕެސިފިކޭޝަންގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.

މިހާރު ކުރިއަށް ދަނީ ދިގު މުއްދަތަކަށް ކޮތަޅު ސަޕްލައި ކޮށްދޭނެ ފަރާތްތައް ހޯދުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ. އޮފިޝަލް ވިދާޅުވެފައިވަނީ އެ މަރުހަލާ ނިމުމުން ވެމްކޯއިން އެކަން އާންމުކުރާނެ ކަމަށެވެ.

ކުނި މެނޭޖްކުރުމުގެ ގާނޫނުގައިވާ ގޮތުން ޕްލާސްޓިކް ކޮތަޅުގެ ފީ، ބައެއް ކަހަލަ ޕްލާސްޓިކް ކޮތަޅުން ނެގުން އިސްތިސްނާވެއެވެ. އެ ފަދަ ޕްލާސްޓިކް ކޮތަޅުގެ ބާވަތްތަކަކީ:

  • ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅު
  • ބަންދުނުކޮށް ހުންނަ، ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުން ކުރާ ޕްލާސްޓިކް ކޮތަޅު
  • ކުނި މެނޭޖްކުރުމުގެ ހިދުމަތް ދޭ ފަރާތްތަކުން ނުވަތަ ކަމާ ބެހޭ އެހެން އިދާރާއަކުން ކުނި އެޅުމަށް ހާއްސަކޮށް ވިއްކާ ނުވަތަ ދޫކުރާ 'ބިންލައިނަ'

ވިޔަފާރިތަކުން ވިއްކާ ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާގެ ފީއެއް ނަގަން ނިންމުމާ ގުޅިގެން ކުނި އަޅަން ބޭނުން ކުރާ ކޮތަޅުގެ އަގު ވެސް ވަނީ ބޮޑުވެފައެވެ. މީގެ ކުރިން 115 ރުފިޔާއަށް ހޯލްސޭލްކޮށް ގަންނަން ލިބެންހުރި ޑަސްބިން ބޭގް ސައިޒުގެ ރަތް ކޮތަޅު ބޮޑިއެއް މިހާރު ބާޒާރުން ލިބެނީ 300 ރުފިޔާ އާ ގާތްކުރާ އަގަކަށެވެ. ޑަސްބިން ކަޅު ކޮތަޅު ބޮޑިއެއް ކުރިން 225 ރުފިޔާއަށް ވިއްކަމުން އައި ނަމަވެސް މިހާރު ވިއްކަމުން ދަނީ 400 ރުފިޔާއަށް ވުރެ ބޮޑުކޮށެވެ.

36%
ކަމުގޮސްފި
18%
އަޑުއެހިތާ މިހުރީ
18%
ސަތޭކައަކުން ސުމެއް
27%
ވަރަށް ސަލާމް
ކޮމެންޓްސް