ސެމީ ފައިނަލުން އިންޓަ ޖާގަހޯދީ ކްއާޓަ ފައިނަލްގައި ބެންފީކާ އާއި ބައްދަލުކުށް 5 ލަނޑު 3 ލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
ބެންފީކާގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގް 2 ލަނޑު ސުންލަނޑުން އިންޓަރ ކާމިޔާބުކުރިއިރު، ބުދަ ދުވަހުގެރޭ ކުޅުނު ދެވަނަ ލެގް އިންޓަރގެ ދަނޑުގައި ކުޅެ ނިމުނީ 3 ލަނޑު 3 ލަނޑުން ދެޓީމް އެއްވަރުވެގެންނެވެ.
އިންޓަމިލާން ޗެމްޕިއަންސް ލީގުގެ ސެމީއަށް މިދިޔައީ 2010 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށެވެ. އޭސީ މިލާން ސެމީއަށް ދިޔައީ 2007 ގެ ފަހުން ފުރަތަމަ ފަހަރަށެވެ. މިއީ 2005 ވަނަ އަހަރަށް ފަހު ޗެމްޕިއަންސް ލީގުގައި މިދެޓީމް ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.
ޗެމްޕިއަންސް ލީގުގެ އެއް ސެމީގައި މިލާންގެ ދެ ޓީމު ކުޅޭއިރު އަނެއް ސެމީގައި ކުޅޭނީ ރިއާލް މެޑްރިޑާ މެންޗެސްޓަ ސިޓީއެވެ.