ads
ބުރުގެ ކޯޗު ނިޒާމްބެ
މޮޅުވުން މަޖުބޫރުގެ މެޗަކަށް ބުރު މާޒިޔާއާއި ދެކޮޅަށް
މާޒިޔާއާއި ދެކޮޅަށް ޕްރެޒިޑެންޓްސް ކަޕުގައި މިރޭ ކުޅޭ މެޗުން މޮޅުވެވޭނީ ހިތްވަރާއި ވިސްނުންތެރިކަމާ އެކު ކުޅެގެން ކަމަށް ބުރު ސްޕޯޓްސް ކުލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

މާޒިޔާއާއި ދެކޮޅަށް ބުރު މިރޭ ނުކުންނައިރު، މުބާރާތުގެ ސެމީން ފުރުސަތު ހޯދަން މާޒިޔާ އަތުން މޮޅުވުން ބުރަށް މަޖުބޫރެވެ. ގްރޫޕް ސްޓޭޖުގައި ބުރުން ކުޅުނު ފުރަތަމަ މެޗުގައި ޓީސީ އަތުން 1-0 އިން ބަލިވެފައިވުމާ އެކު އެ ޓީމަށް ސެމީ ފައިނަލުން ފުރުސަތު ލިބެން އޮތީ މާޒިޔާ ބަލިކޮށްގެންނެވެ.

ބުރުގެ ކޯޗު ނިޒާމްބެ ބުނީ މި މެޗަކީ މުބާރާތުގައި ކުރިއަށްދާން ލިބޭ ފަހު ފުރުސަތު ކަމަށާއި ޓީމުން މި ފުރުސަތުގެ ބޭނުން ހިފަން ވިސްނުންތެރިކަމާ އެކު މަސައްކަތް ކުރާނެ ކަމަށެވެ.

"އިދިކޮޅު ޓީމްގައި ހުރި ސްޓްރެންތާ ވީކްނަސްއަށް ބަލާފައި، އެކަންކަމަށް ބުރުން ތައްޔާރުވާނެ. މުބާރާތުގެ ފުރަތަމަ މެޗުން މިއޮތީ ބަލިވެފައި. މިއީ މުބާރާތުގައި ކުރިއަށްދާން ލިބޭ ފަހު ފުރުސަތު. އެހެންވީމަ މި ފުރުސަތުގެ ބޭނުން ހިފަން މަސައްކަތްކުރާނީ."

ފުރަތަމަ މެޗުން ބަލިވެ، ބުރަށް އުނދަގޫ ހާލަތެއް ދެވަނަ މެޗާ ކުރިމަތިލާއިރު ދިމާވެފައިވާއިރު، އެއްވަނަ ޑިވިޝަނުގައި މުޅިން އަލަށް ވާދަކުރަން ފަށާ ބުރު ސްޕޯޓްސް ކްލަބު، ޖެހިލުންވާ އެއްވެސް ކްލަބެއް ނެތް ކަމަށް އެ ކްލަބުގެ ތަޖުރިބާކާރު ކޯޗު ނިޒާމްބެ ކުރިންވަނީ ބުނެފައެވެ.

 އެއްވަނަ ޑިވިޝަނުގައި މުޅިން އަލަށް ވާދަކުރާ ބުރުގައި ތަޖުރިބާކާރު ބައެއް ކުޅުންތެރިންވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި ގައުމީ ޓީމުގެ ޑިފެންޑަރު މުހައްމަދު ސާއިފް ހިމެނެއެވެ. އަދި މިދިޔަ ސީޒަނުގައި ކްލަބް އީގަލްސް އަށް ކުޅުނު މުހައްމަދު ނާއިމް އާއި ޒުވާން ކީޕަރު، ޝައިހާން އަލީ ހިމެނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް