ހުޅުމާލޭ ވެޓެރަންސް ޓީމަކީ މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަންވެސް މެއެވެ. ހުޅުމާލޭން މުބާރާތް ކާމިޔާބު ކުރީ މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި ދަ ގްރާންޑޭ ބަލިކޮށްގެނެވެ.
މި މެޗުން ހުޅުމާލޭ މޮޅުވީ ފަސް ލަނޑު ދެ ލަނޑުންނެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ ދަ ގްރާންޑޭގެ އަހުމަދު ޝާކީބް އެވެ.
އެންމެ މޮޅު ކީޕަރުގެ މަގާމް ދިވެހި ސިފައިންގެ ކުލަބުގެ ހުސައިން އަހުމަދު ހޯދިއިރު، ފެއާ ޕްލޭ ޓީމަށް ހޮވުނީ މޯލްޑިވްސް ސޮކަ މޭޓްސް ވެޓްރަންސް އެވެ.