ads
ބުރު - މާޒިޔާ މެޗުގެ ތެރެއިން
ވަރުގަދަ މާޒިޔާ ބުރު އަތުން ބަލިވެއްޖެ
މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަން، ފުރަތަމަ ޑިވިޝަނުގައި މުޅިން އަލަށް ވާދަކުރާ ބުރު ސްޕޯޓްސް ކްލަބު އަތުން ބަލިވެއްޖެއެވެ.

ޕްރެޒިޑެންޓްސް ކަޕުގައި މާޒިޔާ، ބުރު އަތުން ބަލިވީ ބުރާސްފަތި ދުވަހުގެ ރޭ ދެ ލަނޑު އެއް ލަނޑުންނެވެ. މިއީ މި ސީޒަންގައި މާޒިޔާ ކުޅުނު ތިން މެޗުގެ ތެރެއިން ބަލިވި ފުރަތަމަ މެޗެވެ. ފުރަތަމަ މެޗުގައި އެ ޓީމުވަނީ އީގަލްސް އަތުން މޮޅުވެފައެވެ. އެއީ ޗެރިޓީ ޝީލްޑް މެޗެވެ. 

މާޒިޔާގެ ސީޒަންގެ ދެވަނަ މެޗަކީ ޕްރެޒިޑެންޓްސް ކަޕުގައި ޓީސީއާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗުންވެސް މާޒިޔާ މޮޅުވިއެވެ. އަދި ބުރާ ކުޅުނު މެޗު އެއީ ސީޒަންގައި މާޒިޔާގެ ތިންވަނަ މެޗެވެ. އެ މެޗުންވީ ބައްޔެވެ. ސީޒަންގެ ފުރަތަމަ ބަލީގެ އިތުރުން މިއީ، އާ ކޯޗު އިވާންގެ ފުރަތަމަ ބަލިވެސްމެއެވެ.

އަނެއްކޮޅުން މިއީ ފުރަތަމަ ޑިވިޝަންގައި މުޅިން އަލަށް ވާދަކުރާ ބުރުން މި ޑިވިޝަނުގައި ހޯދި ފުރަތަމަ މޮޅެވެ. ބުރުން ފުރަތަމަ ޑިވިޝަނުގައި ކުޅުނު ފުރަތަމަ މެޗުން ވަނީ ޓީސީ ސްޕޯޓްސް ކްލަބް އަތުން ބަލިވެފަ އެވެ. ބުރު – މާޒިޔާ މެޗާ އެކު މި ދެ ޓީމު ހިމެނޭ ގްރޫޕުން ސެމީ ފައިނަލަށް ދިޔަ ދެ ޓީމަށް މި ދެ ޓީމު ހޮވުނީއެވެ. ބުރު އަތުން ބަލިވިޔަސް މާޒިޔާ ސެމީއަށް ދިޔައީ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. މި ގްރޫޕުން ކެޓީ ޓީސީއެވެ. 

މި މެޗުގެ ފުރަތަމަ ގޯލު ޖަހައި ބުރުން ލީޑް ނެގީ 41 ވަނަ މިނެޓުގައި މާޒިޔާގެ ޑިފެންޑަރު އެޑްގާ އަތުން ބައިކޮޅަށް ވަތް ގޯލުންނެވެ. ބުރުން ލީޑު ފުޅާކުރީ މެޗުގެ 75 ވަނަ މިނެޓުގައި ޝާވިން ފޮނުވާލި ލަނޑުންނެވެ. މާޒިޔާއަށް ސުން ކަނޑުވާލަދިނީ ލިބުން ޕެނަލްޓީއަކުން މިޑްފިލްޑަރު އައިސަމް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް