ads
ދ.އަތޮޅުކައުންސިލްގެ އިދާރާ
ދ. އަތޮޅު ކައުންސިލްގެ އޮޑިޓް ރިޕޯޓް ގައި ގިނަ މައްސަލަތަކެއް
ދ.އަަތޮޅު ކައުންސިލް އިދާރާގެ 2020 ވަނައަހަރުގެ މާލީ ބަޔާންތަކުގައި ގިނަ މައްސަލަތަކެއް ހުރިކަމަށް، އެއިދާރާގެ 2020 ވަނައަހަރުގެ މާލީބަޔާންތަކުގެ އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

އޮޑިޓަ ޖެނެރަލްގެ ވެބްސައިޓުގައި އެޕްރީލް މަހުގެ 13 ވަނަދުވަހު ޝާއިއު ކޮށްފައިވާ، ދ.އަތޮޅު އަތޮޅުކައުންސިލް އިދާރާގެ 2020 ވަނައަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓުގައި ވާގޮތުން، އެއިދާރާގެ 2020 ވަނައަހަރުގެ މާލީ ބަޔާނުގައި ފާހަގަކޮށްފައިވާ އަދަދުތަކާއި، އެއިދާރާގެ ހިސާބުތަކާއި ދިމާނުވެއެވެ. 

މިގޮތުން އެއިދާރާއިން 2020 ވަނައަހަރު ކޮށްފައިވާ ހަރަދުގެ ޖުމްލަ އަކީ 4،838،208 ކަމަށް މާލީ ބަޔާނުގައި ފާހަގަކޮށްފައި ވިޔަސް، އެއިދާރާއިން 4،657،239 ހަރަދުކޮށްފައިވާކަމަށް، އެއިދާރާގެ ރިކޯޑްތަކުން ދައްކާކަމަށް ދައްކާކަމަށް އޮޑިޓް ރިޕޯޓް ގައި ފާހަގަކޮށްފައި ވެއެވެ. އަދި ފަރަގަށްވާ 180،969 ގެ ފަރަގު އައިސްފައިވަނީ ކިހިނެއްކަން އެނގޭގޮތަށް އެއިދާރާއިން އެ ހިސާބުތައް ރިކޮންސައިލް ކޮށް ބަލަހައްޓާފައި ނުވާތީވެ، 

މާލީ ބަޔާނުގައި ބަޔާންކޮށްފައިވާ އަދަދުގެ ސައްހަކަން ކަށަވަރުނުވާކަމަށްވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މާލީ ބަޔާންތައް ރިކޮންސައިލްކޮށްފައި ނުވާތީވެ، އެއިދާރާއަަށް ފައިސާ ލިބުނުގޮތާއި ހޭދަކުރެވުނުގެ ބަޔާނުގައި ވާ އަދަދާއި، ފާސްކުރި ބަޖެޓާއި އެބަޖެޓުން ހަރަދުކުރެވުނު ގޮތުގެ ބަޔާނުގައި ހުރި 1،158،076 ފަރަގު އައިސްފައިވާ ގޮތެއް ނޭގޭކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި އެއްގޮތަށް ސްޓޮކް ބާކީ ބަލަހައްޓާފައި ނުވާކަންވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. 

މީގެއިތުރުން ހަރުމުދަލުގެ ރިކޯޑްތައް އަދާހަމަކޮށްފައި ނުވުމާއި، ހަރުމުދަލުގެ ރެޖިސްޓްރީގައިވާ ޖުމްލަ އަގާއި މާލީ ބަޔާނުގައި ހިމަނާފައިވާ ހަރުމުދަލުގެ އަގުގައި ބޮޑު ފަރަގެއް ހުރިކަމަށްވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. 

މިގޮތުން ދ. އަތޮޅުކައުންސިލް އިދާރާގެ 2020 ވަނައަހަރުގެ މާލީ ބަޔާނުގައި، އެއިދާރާގެ މިލްކިއްޔާތުގައި ހަރުމުދަލުގެ ގޮތުގައި 1،748،055 ހިމަނާފައި ވިޔަސް، އެއިދާރާގެ ހަރުމުދަލުގެ ރެޖިސްޓްރީ އިން ދައްކާގޮތުގައި، އެއިދާރާގެ ހަރުމުދަލުގެ ޖުމްލަ އަގަކީ 10،514،001 ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. 

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ އެހެނިހެން ކަންތައްތަކަށް ބަލާއިރު، އިންތިގާލީ މުއްދަތުގައި ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ހުއްދަ ނުހޯދައި ޚަރަދުކޮށްފައިވާކަންްވެސް ފާހަގަކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް