ads
ރަޝިޔާގެ ހަނގުރާމަ މަތީ ބޯޓެއް
ރަޝިޔާ ބޯޓަކުން ރަޝިޔާގެ ސިޓީއަކަށް ބޮން އަޅައިފި
ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ރަޝިޔާގެ ހަނގުރާމަ މަތީ މަތިންދާ ބޯޓަކުން 400،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ރަޝިޔާގެ ސިޓީއަކަށް ބޮމެއް ވައްޓާލައިފިއެވެ.
Advertisement

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ނުވި ނަމަވެސް. 20 މީޓަރު (65 ފޫޓު) ވަޅުގަނޑެއް އެ ސިޓީގައި ވަނީ އުފެދިފައެވެ. ބޮން ވެއްޓުނު ސަރަހައްދުގައި ހުރި ގެއަކަށް ގެއްލުން ވެފައިވާއިރު، ބޮމުގެ ބާރުގައި ކާރެއް ވަނީ ބުރައިގެން ގޮސް ގެއެއްގެ ފުރާޅުމަތީގައި ޖެހިފައެވެ. 

ރަޝިޔާގެ ދައުލަތުގެ މީޑިއާތަކުން ބުނާ ގޮތުގައި "އެކްސިޑެންޓަލް" ނުވަތަ "ކުއްލި ހާލަތުގައި" ދޫކޮށްލި މި ބޮމުގެ ސަބަބުން އިމާރާތްތަކަކަށް ވަނީ ގެއްލުންވެފައެވެ. 

ޔޫކްރޭންގެ ބޯޑަރުގެ އުތުރުން 40 ކިލޯމީޓަރު (24.8 މޭލު) ދުރުގައި އޮންނަ ބެލްގޮރޯޑް ސިޓީގެ މަތިން ޓްވިން އިންޖީނުގެ ފަޔަރ ބޮމްބަރެއް ކަމަށްވާ ރަޝިޔާގެ "ސޫ-34" މަތިންދާބޯޓެއް “އެކްސިޑެންޓަލް” ގޮތެއްގައި ބޮމެއްވެއްޓުނު ކަމަށް ނޫސް އެޖެންސީ އާރްއައިއޭ އިން އިއުލާނުކޮށްފައިވެއެވެ. 

"އޭޕްރީލް 20 ވަނަ ދުވަހުގެ މޮސްކޯ ގަޑިން ގާތްގަނޑަކަށް 22:15 ހާއިރު ރަޝިޔާގެ އެއަރޮސްޕޭސް ފޯސަސްގެ ސޫ-34 މަތިންދާބޯޓެއް ބެލްގޮރޯޑް ސިޓީގެ މަތީގައި ފްލައިޓެއް ކުރިއަށް ދިޔައިރު، ވައިގެ ތެރެއަށް ބޮމެއް ކުއްލި ގޮތަކަށް ދޫކޮށްލީ،" ރަޝިޔާގެ ޑިފެންސް މިނިސްޓްރީއާ ހަވާލާދީ ރޮއިޓާސް އިން ބުނެއެވެ.

ބެލްގޮރޯޑްގެ މޭޔަރު ވެލެންޓިން ޑެމިޑޯވް އޭނާގެ ޓެލެގްރާމް ޗެނަލްގައި ލިޔުއްވާފައިވާ ގޮތުގައި ގޮވުމުގެ ސަބަބުން އެޕާޓްމަންޓްތަކުގެ ބައެއް އިމާރާތްތަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

އެ ގޮވުމުގެ ސަބަބުން ދެ މީހަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށް ގްލަޑްކޯވް ވިދާޅުވި އެވެ.

ރަޝިޔާގެ ދައުލަތުގެ މީޑިއާތަކުން މިދިޔަ ޑިސެމްބަރު މަހު އެގައުމުގެ ސޫ-34 ހަނގުރާމަ މަތިންދާބޯޓުތަކަކީ މައްސަލަތަކެއް ހުރި ބޯޓުތަކެއް ކަމަށް ބުނފައިވެއެވެ. 

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް