
ކުޑައިރުގެ ފޮޓޯއިން އޭނާގެ ޒުވާން ދުވަސްވަރުގެ ފޮޓޯތަކާއި ކޮންމެވެސް ވަރެއްގެ އެއްގޮތްކަމެއް ހުރި ނަމަވެސް 2019 ވަނަ އަހަރު ނަގާފައިވާ ފޮޓޯއިން އޭނާގެ ކެރިއަރުގެ ރަންޒަމާނުގެ ފޮޓޯތައް ސިފައެއް ނުކޮށްދެއެވެ. އެއީ ކާކު ހެއްޔެވެ.؟
އެއީ އެމެރިކާއަށް އުފަން ބޮލީވުޑްގެ މަޝްހޫރު ތަރި ލިއެނާޑޯ ޑިކެޕްރިޕޯއެވެ. އާދެ 1997 ވަނަ އަހަރު ރިލީޒްކުރި، މަޝްހޫރު ޓައިޓޭނިކްގެ ލީޑް އެކްޓަރެވެ.
ޓައިޓޭނިކަކީ ހަގީހީ ހާދިސާއެއްގެ މައްޗަށް ކުޅެފައިވާ ޑިޒާސްޓާ ރޮމޭންޓިކް ފިލްމެކެވެ. އެ ފިލްމު އުފައްދާފައިވަނީ 1912 ވަނަ އަހަރު ކަނޑަށް ބޭލި އޭރުގެ އެންމެ ބޮޑު ކުރޫޒް ޝިޕް ޓައިޓޭނިކް އަޑިއަށް ދިޔަ ހާދިސާގެ މައްޗަށެވެ.
ލިއެނާޑޯގެ އެކި އުމުރުގެ ތަފާތު ނުވަ ފޮޓޮއެއް
އެހެންކަމުން ލިއެނާޑޯގެ އެކި އުމުރުގެ ތަފާތު 9 ފޮޓޮއެއް ދޫކޮށްލާނަމެވެ. އޭނާ ބަދަލްވަމުން ދިޔަގޮތާއި ތަފާތުތައް މިފޮޓޯތަކުން ކިޔައިދޭނެ އެވެ.