ރިޕޯޓްތައް ބުނާގޮތުން ރަޝިއާ މިލިޓަރީ ކޭމްޕަށް ހަމަލާދީފައިވަނީ މާލީގެ މުސްލިމް ހަނގުރާމަވެރި ޖަމާއަތަކުންނެވެ. އޭގެ އިތުރުން އެސަރަހައްދުގައި އޮންނަ އެއާޕޯޓަކަށްވެސް އެ ޖަމާއަތުން ހަމަލާދީފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
މަލީގެ ބައެއް އަސްކަރީ އޮފިޝަލުންވެސް ވަނީ މިކަން އިންޓަނޭޝަނަލް މީޑިއާއަށް ކަށަވަރުކޮށްދީފައެވެ.
ރިޕޯޓްތައް ބުނާގޮތުން ހަމަލާދިން ޖަމާއަތުން ވަނީ އެއާޕޯޓާއި ގުޅުންހުރި ބައެއް ސަރަހައްދުތައް އެމީހުންގެ ކޮންޓްރޯލްގެ ދަށަށްވެސް ގެންގޮސްފައެވެ.