އާޓް ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވާކަން ހާމަކުރައްވާފައިވަނީ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގަ އެވެ.
ފަރުމާ އާޓް ފެސްޓިވަލް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އަށަކުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ފެސްޓިވަލްގައި ޖުމުލަ ހަތް ގައުމަކުން އާޓިސްޓުން ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.
ފަރުމާ އާޓް ފެސްޓިވަލުގައި ހަތް ކެޓެގަރީއެއްގެ ފަންނުވެރިން އެމީހުންގެ ހުނަރުތައް ދައްކާލާނެ އެވެ.
ފަރުމާ ފެސްޓިވަލްގައި ހިމެނޭ ކެޓަގަރީތައް
ފަރުމާ ފެސްޓިވަލަކީ މި ކެޓަގަރީތަކުގެ އާޓިސްޓުންނަށް އެމީހުންގެ ހުނަރުތައް ދައްކާލުމަށް ހުޅުވިގެންދާ ދޮރެއް ކަމަށް އެމްއޭސީން ބުނެ އެވެ.
ރާއްޖޭގައި މިހާރު އަންނަނީ އާޓިސްޓުންގެ ހުނަރުތައް ކުރިއަރުވާ އެމީހުންގެ ހުނަރު ދައްކާލުމަށް ތަފާތު ހަރަކާތްތަކެއް ހިންގަމުންނެވެ.