ads
އިހަވަންދޫ މިސްކިތެއްގައި ބަޔަކު މަޑުކޮށްލައިގެން
އިހަވަންދޫގައި ޖަމާއަތަށް ފަތިސް ނަމާދަށްދާ ކުދިންނަށް ބައިސްކަލް ދެނީ
ހއ އިހަވަންދޫގައި ފަތިސް ނަމާދަށް ޖަމާއަތަށްދާ ކުދިންނަށް ބައިސްކަލް ދިނުމުގެ ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް އަހުމަދު ސޮބާހް ވިދާޅުވީ މިއީ ނަމާދަށް ޖަމާއަތަށް ކުދިން ގެންދިއުމަށް ބާރުއެޅުމުގެ ގޮތުން، ކައުންސިލުން މިސްކިތްތަކުގެ އިމާމުންނަށް ދިން ފުރުސަތެއްގެ ތެރެއިން އިންތިޒާމް ކުރެވިގެން ރޭވޭ ހަރަކާތެއްކަމަށެވެ.

ސޮބާހް ވިދާޅުވީ އަންނަ މެއި މަހުގެ އެއް ވަނަ ދުވަހު ފެށިގެން 40 ދުވަސް ވަންދެން ކޮންމެ ދުވަހަކު ފަތިސް ނަމާދު ޖަމާއަތުގައިކުރާ އުމުރުން 1 އަހަރާއި 7 އަހަރާއި ދެމެދުގެ އުމުރުފުރައިގެ ކުދިންނަށް ބައިސްކަލް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ކޮންމެ ކުއްޖަކަށްވެސް ދެވޭ ބައިސްކަލަކީ އެކުއްޖެއްގެ އުމުރަށް އެކުއްޖަކަށް ހިލޭ ދެވޭނެ އެއްޗެއްކަމަށާއި އެކަމަށް ފަންޑު ހޯދުމާއި އެކަމާގުޅޭ ކަންކަން ކުރާނީ މިސްކިތްތަކުގެ އިމާމުން ކަމަށް ސޮބާހް ވިދާޅުވިއެވެ.

"ކޮންމެ ކުއްޖެއްގެވެސް އުމުރު ފުރަޔަށް ބަލާފަ އެކުއްޖަކަށް ބައިސްކަލް ދޭނީ، އިމާމުންނަކީ ކައުންސިލްގެ ދަށުގައި ތިބޭބައެއް، އެހެންވީމަ މި ޕްރޮގްރާމަށް ފަންޑު ހޯދުމާ އެކަމާ ގުޅޭ ކަންކަން ކުރާނީ އިމާމުން އިސްވެތިބެ" - ސޮބާހް

ސޮބާހް ވިދާޅުވީ ފުރަތަމަ މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ ރަށުގައި ހުރި ފަސް މިއްކިތުގެ ތެރެއިން "މަސްޖިދުލް ތާވަން" ގައި އެކަނިކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި އެހެން މިސްކިތްތަކަށްވެސް ޕްރޮގްރާމް ފުޅާކުރާނެކަމަށް ސޮބާހު ވިދާޅުވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް