
މިދިޔަ މަހުގެ ފަސްވަނަ ދުވަހު ޕިކަޕަކުން މަގުމައްޗަށް އުކާލާފައި ދިޔަ ކަޅު ކޮތަޅުތަކެއް ގެތެރެއިން 200 އަށްވުރެ ގިނަ ސިނގިރޭޓް ކާޓަން ވަނީ ފެނިފައެވެ.
އެ ޕިކަޕުގައި ތިބި މީހުން މި ތަކެތި މަގުމައްޗަށް އުކާލާފައި ދިޔައީ ފުލުހުން ފެނުމުންކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލާގައި ހައްޔަރުކުރީ އެ ވެއާހައުސްގައި މަސައްކަތްކުރާ ބަގްލަދޭޝްގެ ތިން މީހުންނެވެ.
ހައްޔަރުކުރި މީހުން
- ރެޒައުލް ހައްގު، 39 އަހަރު
- އެމްޑީ މަންނާން މޮންޑޮލް، 43 އަހަރު
- މުހައްމަދު ސުލައިމާން، 42 އަހަރު
މި މީހުންގެ ބަންދުގެ މުއްދަތު 10 ދުވަސް ޖެހުމަށްފަހު އަލުން އެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ގެންދިޔުމުން ކްރިމިނަލްކޯޓުން ވަނީ މި އެންމެން ދޫކޮށްލާފައެވެ. މި މީހުން ދޫކޮށްލުމަށް ނިންމާ ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އެމީހުން ބަންދުގައި ތިބޭތާ 10ވަރަަކަށްވުރެ ގިނަ ދުވަސްވީއިރު، މިފަދަ ސިނގިރޭޓުތަކެއް ގެއްލިގެން އެއްވެސް ފަރާތަކުން އަދި ފުލުހަށް ރިޕޯޓުކޮށްފައި ނުވާކަމަށެވެ. އަދި މިމީހުންނަކީ އިމިގްރޭޝަންގެ ގާނޫނާ އެއްގޮތަށް ސައްހަ ވިސާއެއްގައި ރާއްޖޭގައި އުޅޭ ފަރާތްތަކެއް
އެމީހުން ދޫކޮށްލާފައިވަނީ ޝަރުތުތަކާއި އެކުއެވެ. އެގޮތުން އެމީހުންގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.