
ކަސްޓަމްސްއިން އިއްޔެ އާއްމުކުރި އޭޕްރީލް މަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އާމްދަނީގެ ގޮތުގައިވަނީ 379 މިލިއަން ރުފިޔާ ލިބިފައެވެ. މީ އޭގެ ކުރީމަހާއި އަޅާ ބަލާއިރު 29 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މެއިމަހުގެ އާމްދަނީއަކީ 350 މިލިއަން ރުފިޔާގައެވެ.
މިއަހަރުގެ މެއި މަހާއި އަޅާބަލާއިރު އޭޕްރީލް މަހު އިމްޕޯޓް، އެކްސްޕޯޓް އަދި އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީވެސް ވަނީ އިތުރުވެފައެވެ.
އޭޕްރިލް މަހު ރާއްޖެއަށް އިމްޕޯޓްކޮށްފައިވަނީ 4.7 ބިލިޔަން ރުފިޔާގެ މުދަލެވެ. މެއި މަހު މި އަދަދު ހުރީ 4.4 ބިލިޔަން ރުފިޔާގެ މުދަލެވެ. މީ 300 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
މިދިޔަ މަހު އެންމެ ގިނައިން މުދާ ރާއްޖެ އެތެރެކުރި ގައުމުތައް (ރުފިޔާއިން):
- ޔޫއޭއީ: 1.3 ބިލިއަން (%28)
- އިންޑިއާ: 735 މިލިއަން (%16)
- ޗައިނާ: 472 މިލިއަން (%10)
މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ ކެއުމަށް ބޭނުންކުރާ އެކިއެކި ބާވަތްތަކެވެ. އެގޮތުން މިދިޔަ މަހު 1016 މިލިޔަން ރުފިޔާގެ ކާބޯތަކެތީގެ ބާވަތް ވަނީ ރާއްޖެއަށް އެތެރެކޮށްފައެވެ.
އެންމެ ގިނައިން މުދާ ރާޢްޖެއިން ބޭރުކުރި ގައުމުތައް (ރުފިޔާއިން):
- ތައިލެންޑް: 186 މިލިއަން (%64)
- އިނގިރޭސީވިލާތް: 43 މިލިއަން (%21)
- މިސްރު: 12 މިލިއަން (%4)
މިދިޔަ މަހު ރާއްޖެއިން ވަނީ 292 މިލިޔަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައެވެ. އޭގެ ކުރީމަހު ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 204 މިލިޔަން ރުފިޔާގެ މުދަލެވެ. އެހެންކަމުން މިއީ 88 މިލިޔަން ރުފިޔާގެ އިތުރުވުމެކެވެ.