ads
ރޫޔާ އަދި ސަމްހާ
ސަމްހާގެ 22 އަހަރުވީ ރެކޯޑް ރޫޔާ މުގުރާލައިފި
ސަމްހާ އަހްމަދުގެ 22 އަހަރުވީ ގައުމީ އަންހެން ޖޫނިއާ 100 މީޓަރު ދުވުމުގެ ރެކޯޑް، މަރިޔަމް ރޫޔާ އަލީ މުގުރާލައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް ސްކޮލަޝިޕްގެ ދަށުން ޖެމެއިކާގައި ޓްރެއިނިން ހަދަމުން އަންނަ ރޫޔާ، 22 އަހަރުވީ އަންހެން ޖޫނިއާ 100 މީޓަރު ދުވުމުގެ ރެކޯޑް މުގުރާލީ، ޖެމެއިކާގެ ކިންގްސްޓަންގައި ކުރިޔަށް ދިޔަ "ވެލޯސިޓީ ފެސްޓް" މުބާރާތުގައި 12.21 ސިކުންތުން 100 މީޓަރު ދުވެގެންނެވެ.

މީގެ ކުރިން މި ރޭހުގެ ޖޫނިއާ ރެކޯޑް އޮތީ، 2001 ވަނަ އަހަރު ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕްގައި ދުވުނު ޝަމްހާ އަހުމަދު އަތުގަ އެވެ. ޝަމްހާ އެ ފަހަރު ރެކޯޑް ހަދާފައިވަނީ 12.27 ސިކުންތުންނެވެ. ރޫޔާ ޝަމްހާގެ ރެކޯޑް މުގުރާލީ 0.6 ސިކުންތުގެ ކުރިއެރުމަކާ އެކުގަ އެވެ. ރާއްޖޭގެ އަންހެނުންގެ 100 މީޓަރު ދުވުމުގެ ޔޫތު ރެކޯޑް ވެސް އޮތީ ރޫޔާ އަތުގަ އެވެ.

މިދިޔަ އަހަރު އޮތް ކޮމަންވެލްތު ގޭމްސް އާއި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރި އެތުލެޓިކްސް ޓީމުގައި ރޫޔާ ހިމެނެ އެވެ. 

މިދިޔަ އަހަރު ގދ. ތިނަދޫގައި ބޭއްވި މަކިޓާ ޖޫނިއާ ޗެމްޕިއަންޝިޕްގެ 19 އަހަރުން ދަށުގެ މޮޅު އަންހެން އެތުލީޓަކީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ ފަރާތުން ވާދަކުރި ރޫޔާ އެވެ. އަދި އޭގެ ފަހުން، ބޭއްވި ނެޝަނަލް ގްރޯން ޕްރީ އިވެންޓްގެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނީ ވެސް ރޫޔާ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް