ads
ފެމިލީ ކޯޓު
ުދުނިޔޭގެ ވަރީގެ ލިސްޓުގެ އެއް ވަނައަށް އަނެއްކާވެސް ދިވެހިރާއްޖެ
ދުނިޔޭގެ ވަރީގެ ލިސްޓުގެ އެއްވަނައަށް އަނެއްކާވެސް ދިވެހިރާއްޖެ އަރައިފިއެވެ.

"ވޯލްޑް އޮފް ސްޓެޓިސްޓިކްސް" އިން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން، ރާއްޖެއަށް ވަރީގެ ލިސްޓުން އެއްވަނަ ހޯދާފައިވަނީ 5.9 ގެ ދަރަޖައިންނެވެ. 

މި ތަފާސް ހިސާބު އެއްކޮށްފައިވަނީ ވަރިވާ ރޭޓު އާބާދީގެ ކޮންމެ 1،000 މީހެއްގެ މައްޗަށް ބަހާލައި އެވަރެޖް ހަދައިގެންނެވެ. 

އެއްވަނައިގައި ދިވެހިރާއްޖެ އޮތް އިރު، ދެވަނައިގައި 4.8 ޕޮއިންޓާއެކު އޮތީ ރަޝިޔާއެވެ. ތިން ވަނައިގައި އުރުގުއާއީ އޮތީ 4.4 ޕޮއިންޓާއެކުއެވެ. ބެލަރޫސް 3.4 ޕޮއިންޓުން ހަތަރު ވަނަ ހޯދިއިރު ކިއުބާ 3.2 ޕޮއިންޓާއެކު އޮތީ ފަސްވަނައިގައެވެ. 

މި ލިސްޓުގެ އެއްވަނައިގައި ދިވެހިރާއްޖެ އޮތްއިރު، އޭޝިއާގެ ވެސް އަދި އަވަށްޓެރި އެއްވެސް ގައުމެއް ވެސް ގަދަ 30 ވަނައަށްވެސް އަރާފައެއް ނުވެއެވެ. 

ރާއްޖެގެ ބޯހިމެނުމުގެ ވަގުތީ ނަތީޖާގައިވާ ގޮތުން ރާއްޖޭގައި 515،122 މީހުން ދިރިއުޅެއެވެ. އޭގެ ތެރެއިން 382،751 މީހުންނަކީ ދިވެހިން ކަމަށްވާ އިރު، 132،317 މީހުންނަކީ ބިދޭސީންނެވެ.

ރާއްޖޭގައި ދިރިއުޅޭ 382،751 ދިވެހިންގެ ތެރެއިން 195،053 މީހުންނަކީ ފިރިހެނުންނެވެ. އަދި އަންހެނުންގެ އަދަދަކީ 187،698 އެވެ. ބިދޭސީންނަށް ބަލައިލާ އިރު، ރާއްޖޭގައި ދިރިއުޅެނީ 117،460 ބިދޭސީ ފިރިހެނުންނެވެ. އަދި ބިދޭސީ އަންހެނުންގެ އަދަދަކީ 14،911 އެވެ. ރާއްޖޭގައި ދިރިއުޅޭ ޖުމުލަ އާބާދީގެ 74 އިންސައްތައަކީ ދިވެހިން ކަމަށްވާ އިރު، 26 އިންސައްތައަކީ ބިދޭސީންނެވެ.

71%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް