މިއަދު ލިޔެފައިވާ ރިޕޯޓެއްގައި ވާގޮތުން "މިހާތަނަށް 2023 ވަނަ އަހަރު ވެފައިވަނީ ރިސްކި ފެޝަން ޓްރެންޑަކުން ކަމަށްވާ ނޯ ޕެންޓްސް ލުކް" ގެ އަހަރެއްކަމަށެވެ.
އެ މެގަޒިންގައިވާގޮތުން ޔޫރަޕުގައި މި ފެޝަން ބޮޑަށް އަދި މަޝްހޫރީ ތަރިންގެ ތެރޭގައި ކަމަށެވެ.
މި ޓްރެންޑް ދަނީ ބައެއް އާންމުން ވެސް ކޮޕީކުރަމުންްނެވެ.
މިއީނބޮޓެގާ ވެނެޓާ، ވިކްޓޯރިއާ ބެކަމް، ޚައިޓޭ، އަދި ކޮޕަނީ ފަދަ ބްރޭންޑުތަކުގެ ރަންވޭތަކުން އުފެދިފައިވާ ޓްރެންޑެކެވެ.
މި ޓްރެންޑް ގައި މީހުން ހެެދުން އަޅަނީ ޝީރް ޓައިޓްސް އާއި ބްރީފްސް ލައިގެންނެވެ. ފަޓުލޫނު ނުވަތަ ހަރުވާޅު ނުފެންނަ ޓްރެންޑެކެވެ.
މި ޓްރެންޑު ދާދި އަވަހަށް މުޅި ދުނިޔޭގައި ފެތުރި ޒަމާނީ ފެޝަނަށް ލޯބިކުރާމީހުން ފަޓުލޫނާ ހަރުވާޅު ފަދަ ތަކެތިލުން ހުއްޓާލަފާނެކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.