ads
މިޔަރު ހަމަލާދިން ޑިލޮން އާމިޖޯ
މިޔަރެއްގެ ޝިކާރައަކަށްވި 10 އަހަރުގެ ކުއްޖާގެ ވާހަކަ
ޑިލޮން އާމިޖޯއަކީ މެކްސިކޯގެ ދެމަފިރިންގެ ދެ ފިރިހެން ދަރިންގެ ތެރެއިން ހަގު ދަރިއެވެ. އޭނާގެ އުމުރަކީ 10 އަހަރެވެ.

މި އާއިލާއަކީވެސް މެކްސިކޯގެ އައްސޭރިފަށުގެ ރަށެއްކަމަށްވާ ކެންކުންއަށް ނިސްބަތްވާ އާއިލާއެކެވެ.

އެމީހުން ތިބީ އެމެރިކާއަށް ހިޖުރަ ކުރުމުގެ އުއްމީދުގައެވެ. އެކަމަށް ތައްޔާރުވަމުން ދަނިކޮށް، އެމީހުން ތިބި އުޅަނދުގެ ކައިރިން ކުއްލިއަކަށް ބޮޑު ރާޅެއް ގޮތަށް ބާނިތައް އެރިއެވެ. 

"އަހަރެން ހީކުރީ ރާޅުތައް އަހަރެމެނަށް އެމެރިކާގެ ހެދުނުގެ ތަހުނިޔާ ފޮނުވިކަމަށް، އެއްވެސް އަނިޔާއެއްވެސް އިހުސާސެއް ނުވޭ، ކުއްލިއަކަށް ލޭތައް ފެނުމުން ބަލާލިއިރު މިޔަރެއް ފަޔަށް ހަމަލާދީފައި، މިހާރު ބޭނުންވަނީ މި ކަމުން އަވަރަށް ފަސޭހަވެ އާއްމު ދިރިއުޅުމަށް ރުޖޫއަވާން" ކޮލަރާޑޯގެ ހޮސްޕިޓަލެއްގައި އޮވެ ޑިލޮން އާމިޖޯ ކިޔާދިނެވެ.

މެކްސިކޯގެ ހޮސްޕިޓަލެއްގައި ހަތަރު ދުވަހު ފަރުވާ ދިނުމަށްފަހު، ޑިލޮން އާމިޖޯ މިހާރުވަނީ ކޮލަރާޑޯގެ ހޮސްޕިޓަކަކަށް ބަލަދުކޮށްފައެވެ. ހާލު އަންނަނީ ރަނގަޅުވަމުންނެވެ.

38%
ކަމުގޮސްފި
63%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް