ads
ޔުނައިޓެޑް މޮޅުވި ޕެނަލްޓީ ޖެހި ލިންޑަލޯފް
އެފްއޭ ކަޕްގެ ފައިނަލަށް ޔުނައިޓެޑް
އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލްގެ ފަހު ޖާގަ، މެންޗެސްޓަ ޔުނައިޓެޑުން ހޯދައިފިއެވެ.

ޔުނައިޓެޑް ފައިނަލަށް ދިޔައީ އާދިއްތަ ދުވަހުގެ ރޭ ސެމީ ފައިނަލްުގެ ދެވަނަ މެޗުގައި ޕެނަލްޓީ ޖަހައިގެން ބްރައިޓަން އަތުން މޮޅުވެގެންނެވެ. މި މެޗުގައި ޕެނަލްޓީ ޖަހަން ޖެހުނީ މެޗުގެ ފުރިހަމަ ވަގުތާ، އަދި އިތުރު ވަގުތު 15 މިނިޓްގެ ދެ ހާފުގައިވެސް ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހުމުންނެވެ. 

ޕެނަލްޓީ ޝޫޓްއައުޓްގައި ދެ ޓީމުންވެސް ފުރަތަމަ ޖެހި ފަސް ޕެނަލްޓީވެސް ކާމިޔާބު ކުރިއެވެ. އޭގެ ފަހުން ޖެހި ޕެނަލްޓީތަކުގެ ތެރެއިން ބްރައިޓައިން ދެވަނަ އަށް ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލް ދަނޑި މަތިން ބޭރަށެވެ. އެއާއެކު ފަހު ޕެނަލްޓީ ޔުނައިޓުގެ ޑިފެންޑަރު ލިންޑަލޯފް ކާމިޔާބުކޮށް ޔުނައިޓެޑަށް ސީޒަންގެ ދެވަނަ ފައިނަލުން ފުރުސަތު ހޯދައިދިނީއެވެ. 

އަންނަ ޖޫން މަހުގެ ތިންވަނަ ދުވަހު ކުޅޭ ފައިނަލްގައި ޔުނައިޓެޑު ނުކުންނާނީ އަވައްޓެރި މެންޗެސްޓަ ސިޓީއާ ދެކޮޅަށެވެ. ސިޓީ ފައިނަލަށް ދިޔައީ އިހައްރޭ 3-0 އިން ޝެފީލްޑް ޔުނައިޓެޑް ބަލިކޮށްގެނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް