ads
އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ވާހަކަ ދައްކަވަން ހުރަސްއެޅުމުން ޝަރީފް ރަތަށް
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގެންދަވަނިކޮށް ބައެއް މެންބަރުން ހުރަސްއެޅުމުން އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ހިތްހަމަނުޖެހި ވަޑައިގެންފި އެވެ.
Advertisement

މަޖިލީހުގެ ބައެއް މެންބަރުން ޝަރީފްގެ ވާހަކަފުޅަށް ހުރަސް އަޅާފައިވަނީ މޮރިޝަސްގެ މައްސަލައިގައި މަޖިލީހަށް މިއަދު ހުށަހެޅުނު ކުއްލި މައްސަލައަށް ބަހުސް ކުރުމުގެ މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން ގެންދަވަނިކޮށެވެ. 

ޝަރީފްގެ ވާހަކައިގެ ތެރެއިން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ވަނީ ނިޒާމީ މައްސަލައެއް ނަންގަވާފަ އެވެ. އަދި މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް ނަޝީދުވެސް ވަނީ ޝަރީފްގެ ވާހަކަ ހުއްޓުވާ ބައެއް ވާހަކަފުޅު ދައްކަވާފަ އެވެ. 

އިދިކޮޅު ޕީއެންސީއަށް ނިސްބަތްވާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި މި މައްސަލަ އާއި ގުޅިގެން ވާހަކަފުޅު ދައްކަވަމުން އިބްރާހިމް ޝަރީފް ވިދާޅުވީ ރާއްޖޭގެ ސަރަހައްދެއް ދޫކޮށްލުމުގެ ގާނޫނީ އިހްތިޔާރެއް ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެން ނުވާކަމަށާއި އެފަދަ ކަމެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނުކުރައްވާނެ ކަމަށެވެ. 

ރާއްޖެއިން ސަރަހައްދެއް ރައީސް ސޯލިހު ދޫކޮށްލެވިޔޭ ކިޔައިގެން ބަޔަކު ދައްކާ ވާހަކައަކީ ކަނޑައެޅިގެން 'ރޯ ބުހުތާން' ދޮގެއް ކަމަށް ޝަރީފް ވިދާޅުވި އެވެ. ޝަރީފް މިހެން ވިދާޅުވުމުން ބައެއް މެންބަރުން ވަނީ މަޖިލިސް ތެރޭގައި އަޑުގަދަ ކުރަން ފަށާފަ އެވެ. 

"ވާހަކަ ދައްކަން ފުރުސަތު ދީބަލަ ކަލޭމެން. ކިހާބޮޑު އުނދަގުލެއް ތީ. ހަމަ އަނގަ ބާނައިގެން. ރައީސް އަޅުގަނޑަށް ވާހަކަދައްކަން ފުރުސަތު ދެއްވާ މިތާނގާ. އަޅުގަނޑުވެސް ތިބޭފުޅުން ވާހަކަދައްކާއިރު މަޑުމަޑުން މިހުންނަނީ،" - ޝަރީފް

ޝަރީފްގެ ވާހަކަފުޅު އިތުރަށް ކުރިއަށް ނުގެންދެވި އުޅެނިކޮށް މަޖިލީހުގެ އިދާރީ މޭޒުން ވަނީ ރަނގަބީލު ޖައްސަވާފަ އެވެ. ރަނގަބީލު ޖެއްސެވުމުން ޝަރީފް ވަނީ ގަޑިއެއް ނުޖެހޭނެ ކަމަށާއި އަދި އެންމެ މިނެޓެއްވެސް ނުލިބޭ ކަމަށް ވިދާޅުވެފަ އެވެ. 

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް