ads
މިނިސްޓާ އާމިނަތު ޝައުނާ
މިއުޅެނީ ޕްލާސްޓިކް ނޫން ގޮތެއް ހޯދަން: ޝައުނާ
ޕްލާސްޓިކް ކޮތަޅުން އަގު ނަގަން ފެށީ ދައުލަތަށް އާމްދަނީ ހޯދުމަށް ނޫންކަމަށާއި، ޕްލާސްޓިކް ނޫން ގޮތެއް ހޯދުމަށް ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
Advertisement

ޕްލާސްޓިކް ކޮތަޅުން އަގު ނަގަން ފެށުމުން ކޮތަޅުގެ އަގު އިންތިހާއަށް ބޮޑުވެ އާއްމުންގެ ޝަކުވާ ބޮޑުވެފައި ވަނިކޮށް މިނިސްޓަރު ޝައުނާ ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ކުންޏަކީ ބޮޑު މައްސަލަ ކަމަށާއި އޭގެތެރެއިން ވެސް ޕްލާސްޓިކް ކުނީގެ ނުރައްކާ ބޮޑުކަމަށެވެ. 

އެގޮތުން މާލޭ ސަރަޙާއްދަށް އެކަނި ބަލާއިރުވެސް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 800 ޓަނުގެ ކުނި އުފައްދާއިރު، އޭގެތެރެއިން 12 އިންސައްތައަކީ ޕްލާސްޓިކް ކަމަށާއި މިގޮތަށް ކުނި އިތުރުވަމުންދާއިރު އެކަން ހައްލު ކުރުމަށް މަސައްކަތް ނުކުރާނަމަ ކޮންމެ 10 އަހަރަކުން ކުނިއެޅުމަށް ތިލަފުށި ވަރުގެ ސަރަޙައްދެއް ބޭނުންވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

ބައެއް ހާލަތްތަކުގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރަންޖެހޭކަން ފާހަގަ ކުރައްވާ ޝައުނާ ވިދާޅުވީ އެހެންކަމުން ޕްލާސްޓިކް ކޮތަޅު އެއްކޮށް މަނާ ކުރުމުގެ ބަދަލުގައި އަގު ނަގަންފެށީ ފޮތިކޮތަޅު ބޭނުންކުރުން އާއްމުވާނެކަމަށް އުއްމީދުގައިކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކޮތަޅުން އަގު ނެގުމަކީ ދަލަތަށް އާމްދަނީ ހޯދަން ކުރާކަމެއް ނޫންކަމަށާއި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުކުރުމުން އާމްދަނީ ހުއްޓޭނެކަމަށެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ޕްލާސްޓިކް ކޮންޓްރޯލް ކޮށްފައިވަނީ މިގޮތަށް އަމަލުކޮސްގެން ކަމަށާއި އުއްމީދަކީ ދިވެހިންވެސް ދުނިޔޭގެ އެހެން ގައުމުތަކުން މިސާލު ނަގައި، ޕްލާސްޓިކް ކޮތަޅު ނޫން ވަސީތަތްތަކަށް އަހަވަށް ބަދަލުވެގެން ދިއުންކަމަށްވެސް މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް