ads
ރޯވި ފްލައިޓު
އިންޖީނުގައި ރޯވެ ފްލައިޓެއް އެމަޖަންސީގައި ޖައްސައިފި
ހުކުރު ދުވަހުގެ ހެނދުނު ފީނިކްސްއަށް ދިޔަ އެމެރިކަން އެއާލައިންސްގެ ފްލައިޓެއް އެނބުރި އޮހައިއޯގެ ޖޯން ގްލެން ކޮލަމްބަސް އިންޓަނޭޝަނަލް އެއާޕޯޓަށް އެމަޖަންސީގައި ޖައްސައިފިއެވެ.

ބޯޓު އެމަޖަންސީގައި ޖައްސާފައިވަނީ، ދޫންޔެއް އިންޖީނު ތެެއަށް ވަނުމުގެ ސަބަބުން އިންޖީނުގައި ހުޅު ހިފައިގެންނެވެ.

އިންޖީނުގައި އަލިފާން ރޯވި މަންޒަރު ވަނީ ފަސިންޖަރެއްގެ ފޯނުގެ ވީޑިއޯއަށް އަރާފައެވެ. އަދި އެ ވީޑިއޯ އަންނަނީ ވައިރަލްވަމުންނެވެ. މަތިންދާ ބޯޓުގެ އިންޖީނުގެ ތެރެއަށް ދޫނި ވަނީ ފުލައިޓު ނައްޓާލިތާ 15 މިނެޓު ތެރޭގައެވެ.

މާގިނައިރުތަކެއް ނުވެ އެ ފްލައިޓު ވަނީ ސަލާމަތުން ޖައްސާފައިވާ ކަމަށް އެމެރިކަން އެއާލައިންސްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ބޮއިންގް 737-800 މަތިންދާބޯޓުގައި 173 ފަސިންޖަރުންނާއި ފަޅުވެރިން ތިބިއިރު، އެ ބޯޓުގައި 30،000 ޕައުންޑްގެ ތެޔޮ އުފުލި ކަމަށް އެއާ ޓްރެފިކް ކޮންޓްރޯލަރަކާ އެކު ރޭޑިއޯ ޓްރެފިކް އިން ބުނެ އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. "ޑަބްލިއުސީއެމްއެޗް" އަށް ދިން އިންޓަވިއުއެއްގައި ފަސިންޖަރު ޖޯން ފިޝާ ބުނީ ދޫނި ޖެހުމުން އެކަން ސަމާލުކަމަށް އައި ބާރު އަޑުފަށްގަނޑުގެ ސަބަބުން ކަމަށެވެ.

29%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
43%
ސަތޭކައަކުން ސުމެއް
29%
ވަރަށް ސަލާމް
ކޮމެންޓްސް