ads
ހެރީ ކޭން
ހެރީ ކޭން ހޯދުމުގެ މަސައްކަތް ޔުނައިޓެޑުން ރަސްމީކޮށް ފަށައިފި
ޓޮޓެންހަމަށް ކުޅޭ އިނގިރޭސި ކެޕްޓަން ހެރީ ކޭންގެ ސޮއި ހޯދުމުގެ މަސައްކަތް މެންޗެސްޓަ ޔުނައިޓެޑުން ރަސްމީކޮށް ފަށައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި، ކޭންގެ އެޖެންޓުންނާ ޔުނައިޓެޑުގެ ފަރާތުން ތިންވަނަ ފަރާތެއް މެދުވެރިކޮށް ވާހަކަތައް ދައްކަންވަނީ ފަށާފައެވެ. 

އަންނަ ސީޒަންގެ ނިޔަލަށް ކޭންގެ ކޮންޓްރެކްޓް ހަމަވާއިރު، ބެލެވޭ ގޮތުގައި މި ސީޒަނަށް ފަހު އޭނާ ދެން ޓޮޓެންހަމުގައި މަޑެއް ނުކުރާނެއެވެ. ކޭން ހޯދުމުގެ ރޭހުގައި ޔުނައިޓެޑާއެކު ބަޔާން މިއުނިކުންވެސް އަންނަނީ މަސައްކަތް ކުރަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ގާތްގަނޑަކަށް 80 މިލިއަން ޑޮލަރުގެ އަގަކަށް، އިގިރޭސި ގައުމީ ޓީމުގެ ކެޕްޓަން ހެރީ ކޭން، ޓޮޓެންހަމުން މެންޗެސްޓަ ޔުނައިޓެޑަށް ގެންނާނެ ކަމުގެ ޔަގީންކަން ޔުނައިޓެޑުގެ ކޯޗު ޓެން ހޭގަށް ކްލަބުންވަނީ ދީފައެވެ. 

ދަ ސަންއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހެރީ ކޭން އަންނަ ސީޒަންގައި ޔުނައިޓެޑަށް ގެނައުމުގެ ޑީލަކީ ކަށަވަރު ޑީލެކެވެ. އަދި ސީޒަން ނިމުމުގެ ކުރިން އެކަން ރަސްމީކޮށް ހާމަ ކުރާނެ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. އުމުރުން 29 އަހަރުގެ ކޭންއަކީ، އިގިރޭސި ގައުމީ ޓީމަށްވެސް މިހާރު އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާވެސްމެއެވެ.

ޓޮޓެންހަމާއެކު ކޭން ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާނީ އަންނަ ސީޒަންގެ ނިޔަލަށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ޔުނައިޓެޑުން ކޭން ގެންނަން ބޭނުންވަނީ ރޮނާލްޑޯ ކުޅުނުތަން ފޫބެއްދުމުގެ އިތުރުން ރަޝްފޯޑާއެކު ކުޅޭނެ އިތުބާރު ފޯވާޑެއް ހޯދުމުގެ ބޭނުމުގައެވެ.

ކޭން ހޯދުމުގެ ރޭހުގައި ޔުނައިޓެޑާ ބަޔާން މިއުނިކް އުޅޭއިރު، ޗެލްސީއާ ބާސެލޯނާއިންވެސް އެ ރޭހަށް ވަންނާނެ ކަމަށްވަނީ ބެލެވިފައެވެ. އެހެންނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން ކޭން ބޭނުންވަނީ ކްލަބު ބަދަލު ކުރާނަމަ ޔުނައިޓެޑަށް ދާށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް