ހޯމަ ދުވަހުގެ ރޭ އީގަލްސްއާ ވެލެންސިޔާ ކުޅުނު މެޗުން އީގަލްސް މޮޅުވީ ހަތަރު ލަނޑު ސުން ލަނޑުންނެވެ. މި މެޗާއެކު ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ނިމުނީއެވެ. ސެމީ ފައިނަލް ދެ މެޗުވެސް އޮންނާނީ ބުރާސްފަތި ދުވަހުއެވެ.
އީގަލްސް ހިމެނުން ގްރޫޕުން އެއްވަނަ ޓީމުގެ ގޮތުގައި އީގަލްސް ސެމީއަށް ގޮސްފައިވާއިރު މި ގްރޫޕުން ދެވަނަ ޓީމުގެ ގޮތުގައި ދިޔައީ ސުޕަ ޔުނައިޓޭޑް ސްޕޯޓްސްއެވެ. މި ގްރޫޕުގައި ހިމެނުނު ވެލެންސިޔާ މުބާރާތް ނިންމާލީ ހުސް އަތާއެވެ. ވެލެންސިޔާ ކޮޅަށް ދެ މެޗުގައި ނުވަ ލަނޑު ވަދެފައިވާއިރު ވެލެންސިޔާއަށް އެންމެ ލަނޑެއްވެސް ނުޖެހެއެވެ. ޑިފެންޑިން ޗެމްޕިއަންގެ ގޮތުގައި މުބާރާތަށް ކުރިމަތިލައި ވެލެންސިޔާ މުބާރާތް ނިންމާލީ ހުސް އަތާއެވެ.
ސެމީ ފައިނަލުގައި އީގަލްސް ކުޅޭނީ އަނެއް ގްރޫޕުން ދެވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދިޔަ ބުރު ސްޕޯޓްސްއާއެވެ. ބުރުވަނީ އެ ޓީމުގެ ފަހު މެޗުގައި މާޒިޔާ ބަލިކޮށްފައެވެ.
މާޒިޔާ ބުރު އަތުން ބަލިވިނަމަވެސް އެ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދިޔައީ މާޒިޔާއެއެވެ. މާޒިޔާ ސެމީގައި ކުޅޭނީ ސުޕަ ޔުނައިޓެޑާއެވެ. މާޒިޔާ ގްރޫޕުން އެލިމިނޭޓްވީ ޓީސީއެވެ. ޓީސީވަނީ އެކަމަކު ބުރު ސްޕޯޓްސް ކްލަބު ބަލިކޮށްފައެވެ.