ads
ކާޑުގެ ބާވަތްތައް ގުދަން ކުރަނީ. -- ފޮޓޯ: އެސްޓީއޯ
ކާޑުގެ ބާވަތްތައް ގަނޑުކޮށްގުދަން ކުރާ ތަންތަން ރަޖިސްޓްރީ ކުރަނީ
ކާޑުގެ ބާވަތްތައް ގަނޑުކޮށް ގުދަންކުރާ ތަންތަން ރަޖިސްޓްރީ ކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.

އެމްއެފްޑީއޭއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މިކަން ކުރަން ނިންމާފައިވަނީ ރައްކާތެރި ގޮތުގައި ކާބޯތަކެތި ގެންގުޅުމާއި އެތަކެތި އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަން ކުރުމުގައި އަމަލު ކުރާނެ ގޮތުގެ މިންގަނޑާއި އެއްގޮތަށް ކަމަށެވެ. 

މި މިންގަނޑާއި އެއްގޮތަށް ގުދަންތައް ރަޖިސްޓަ ކުރުމުން އެފަދަ ތަންތަން ރެގިއުލޭޓް ކުރުމަށް ފަސޭހަ ވާނެ ކަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފަ އެެވެ.  

މިއީ ކާޑުގެ ބާވަތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރާ ކަމެއް ކަމަށްވެސް އެމްއެފްޑީއޭގެ އިއުލާނުގައި ބުނެފައިވެ އެވެ. 

ގުދަންތައް ރަޖިސްޓަ ކުރަން އެމްއެފްޑީއޭއިން ދީފާވައި އެންމެ ފަހުގެ ތާރީހަކީ އޮގަސްޓް 1، 2023 އެވެ. އަދި މި ތާރީހުގެ ފަހުން ރަޖިސްޓްރީ ނުކުރާ ތަންތަނާއި މެދު ފިޔަވަޅު އަޅާނެ ކަމަށްވެސް އެމްއެފްޑީއޭއިން މައުލޫމާތުދެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް