ads
އެންވާރަމަންޓް މިނިސްޓަރު އާމިނަތް ޝައުނާ މިއަދު ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އެފްކޮންސްގެ ޖޫރިމަނާ މާފް ކުރުމުގެ ވިސްނުމެއް ނެތް: ޝައުނާ
ތިލަމާލެ ބްރިޖު ސާވޭގައި ބޭނުން ކުރި ޕްލެޓްފޯމް ވިލިމާލެ ފަރަށް އަރާ ލިބުނު ގެއްލުންތަކުގެ ސަބަބުން އެމަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސްއަށް ކުރި ޖޫރިމަނާ މާފު ކުރުމުގެ ވިސްނުމެއް ނެތް ކަމަށް އެންވަޔަރުމަންޓް މިނިސްޓަރު އާމިނަތް ޝައުނާ ވިދާޅުވެއްޖެ އެވެ.
Advertisement

މިނިސްޓަރު ޝައުނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. 

ޝިޔާމް ވިދާޅުވީ އީޕީއޭއިން ވިލިމާލެ ފަރަށް ލިބުނު ގެއްލުން ދިރާސާ ކުރުމަށްފަހު އެފްކޮންސް ޖޫރިމަނާ ކުރުމުން އެ ކުންފުނިން އެ ޖޫރިމަނާ އިސްތިއުނާފް ކޮށްފައިވާ ކަމަށެވެ. އަދި އޭގެ ފަހުން މިއަދާ ހަމައަށް އެކަމާ ގުޅިގެން މިނިސްޓްރީން އެއްވެސް އެއްޗެއް ވިދާޅު ނުވެ އޮތުމުން އެކަމާ ގުޅޭ ގޮތުން ޝިޔާމް ސުވާލު އުފެއްދެވި އެވެ. 

"އަށެއް ޑިސެންބަރުން މިއަދާ ހިސާބަށް މިނިސްޓްރީން އެއްޗެއް ވިދާޅުނުވެ ތިއޮތީ އުސޫލުގަ އެވާހަކަ، ވަކި މުއްދަތެއް ނީންނާތީ ހަމަ ސީދާ ކަނޑައެޅިގެން ވަކި ބަޔަކަށް މަންފާ ހޯދައިދޭންތޯ؟" ޝިޔާމް ސުވާލު ކުރެއްވި އެވެ. 

މިނިސްޓަރު ޝައުނާ ވިދާޅުވީ ވަކި ބަޔަކަށް ވަކި މަންފާއެއް ހޯދައިދޭނެ ގޮތަކަށް ސަރުކާރުން އެއްވެސް ކަމެއް ނުނިންމާނެ ކަމަށެވެ. އަދި ސަރުކާރުން ހުރިހާ ކަމެއްވެސް ނިންމާނީ އުސޫލުތަކާއި އެއްގޮތަށް ކަމަށްވެސް ވިދާޅުވި އެވެ. 

އެފްކޮންސްގެ ޖޫރިމަނާއާއި ގުޅިގެން ޝައުނާ ވިދާޅުވީ އެ ޖޫރިމަނާ މާފު ކުރުމުގެ އެއްވެސް ނިޔަތެއްވެސް އަދި އެއްވެސް ސިޔާސަތެއްވެސް އެ މިނިސްޓްރީގައި ނެތް ކަމަށެވެ. 

ތިލަމާލެ ބްރިޖު މަސައްކަތައް ވިލިމާލެ އިރުމަތީފަރާތު ފަރާއި ދިމާލުގައި ގާއިމުކޮށްފައިވާ ބްރިޖު ޕްލެޓުފޯމެއް ވިލިމާލެ އިރުމަތީ ފަރަށް އުރިފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 16 ވަނަ ދުވަހު އެވެ.

ޕްލެޓުފޯމު އެތަނުން ނުނަގާ ލަސްވާ މައްސަލާގައި އެތައް ބަޔަކު ފާޅުކުރަމުންދިޔަ ކަންބޮޑުވުންތަކަށް ފަހު އެތަނުން ޕްލެޓުފޯމު ނެގުނީ 12 ދުވަސް ފަހުންނެވެ.

ޕްލެޓުފޯމު ނަގާ އީޕީއޭއިން ކުރި ދިރާސާތަކުން ފަރަށް ބޮޑެތި ގެއްލުންވެފައިވާކަން ފާހަގަ ކުރެވިފައިވެ އެވެ. އެ މައްސަލައިގައި އީޕީއޭއިން ވަނީ އެފްކޮންސް 69.4 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް