ads
މާލޭ ހައިގެ ފަރާތުން މައްސަލަ ހުށަހެޅުއްވި އިބްރާހީމް އިސްމާއިލް
އޮންލައިން ޓީޗިން ކޯސް މަނާކުރި ގަވާއިދު ހައިކޯޓުން ހުއްޓުވައިފި
އޮންލައިންކޮށް ޓީޗިން ކޯސްތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން އާއްމުކުރި "އީ-ލާނިން ގައިޑްލައިން"އަށް އަމަލު ކުރުން ފަސްކުރުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.
Advertisement

ހައިކޯޓުން މި ގޮތަށް މިއަދު އަމުރުކުރީ، ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ ދަށުން މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ހަދައި ގެޒެޓް ކޮށްފައިވާ ގަވާއިދު އީލާނިންގް ގައިޑްލައިންގެ 11 ވަނަ މާއްދާއަކީ ގާނޫނުއަސާސީއާ ހިލާފު މާއްދާއެއް ކަމަށް ބުނެ، މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން ހައިކޯޓަށް ހުށާހެޅި ދުސްތޫރީ މައްސަލައާ ގުޅިގެންނެވެ.

އީލާނިން ގައިޑްލައިނަށް އަމަލު ކުރުން ފަސްކުރުމަށް އަމުރުކުރީ ހައިކޯޓުގައި މައްސަލަ ބަލާ ފަސް ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުންނެވެ.

ބަންޑާރަ ނާއިބަށް ރައްދުވާ ގޮތަށް މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، އީލާނިން ގައިޑްލައިންގެ މާއްދާގެ ދަށުން ޢަމަލުކޮށްފިނަމަ، ކުރިއަށް އޮތް އަހަރު ކޮލެޖަށް ޓީޗާ ޓްރެއިނިންއަށް ދަރިވަރުން އެންރޯލް ކުރުމަށް އިޢުލާންކޮށް އެކަން ހިންގޭނެ ގޮތެއް ނޯންނާނެކަމަށެވެ.

ޓީޗާ ޓްރެއިނިންގެ ޑިގްރީ އަދި މާސްޓަރސް ލެވެލް ތަކުގައި ކިޔަވާ ވަރަށް ގިނަ ދަރިވަރުންނަކީ މިހާރުވެސް ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ ޓީޗަރުންކަމުންނާއި އެއީ އެ މީހުންގެ ރަށް ދޫކޮށް އެހެން ރަށެއްގައި ކިޔެވޭނެ ގޮތެއް ނެތް ދަރިވަރުންކަމުން، އެ ދަރިވަރުންގެ އުނގެނުމަށް ބޮޑު ހުރަހެއް އެޅި، ހުއްޓުމަކަށް އަންނާނެ- މާލޭ ހައި ޕްރައިވެޓް ލިމިޓެޑް

މި އަމުރުގައި ހައިކޯޓުގެ ފަނޑީޔާރުން ފާހަގަކޮށްފައިވާ ގޮތުގައި، މި މައްސަލައިގައި މައްސަލަ ހުށަހެޅި ފަރާތާއި ދައުލަތުގެ މަސްލަހަތަށް ވުރެ ބޮޑަށް މި މައްސަލައިގައި އޮތީ ކިޔެވުމަށް އެންރޯލްވާ ދަރިވަރުންގެ މަސްލަހަތެވެ. މައްސަލައާއި ގުޅިގެން މިއަދު އަމުރެއް ނެރުނު ނަމަވެސް މައްސަލަ އަދި ހައިކޯޓުން ނުނިމެއެވެ. 

ކޮލިފިކޭޝަން އޮތޯރިޓީން މިދިޔަ އަހަރު ގެޒެޓުކުރި ގައިޑްލައިންގައި ވަނީ އީ-ލާނިން ނުވަތަ އޮންލައިންކޮށް ކިޔަވައިދިނުމަށް ޝަރުތުހަމަވާ ކޯސްތަކާއި އެ ގޮތަށް ކިޔަވައިނުދެވޭނެ ކޯސްތައް ވަކިން ފާހަގަކޮށްފަ އެވެ. އީ-ލާނިން ކަމަށް ބުނެފައިވަނީ ބްލެންޑެޑް މޯޑު (ކޮންޓެންޓުގެ 30-80 ޕަސެންޓް އޮންލައިން ގެންދާ) އަދި ހުރިހާ ފިލާވަޅެއް އޮންލައިންކޮށް ނަގައިދޭ މެތަޑަށެވެ.

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް