ads
މިރޭގެ ޕްރޮގްރާމްގައި އަޒްލީން ލަވަ ވިދާޅުވަނީ
ކުރީގެ މިނިސްޓަރު އަޒްލީން، ތަފާތު މޮޅު ލަވަކިއުންތެރިއަކަށް
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އެންމެ ފަހުގެ ހޯމް މިނިސްޓަރު އަހުމަދު އަޒްލީން ހުށަހަޅުއްވާ ދެއްވި ތަފާތު ރީތި ލަވަތަކެއްގެ ސަބަބުން އެތައް ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

ޓީވީއެމުން މިރޭ ގެނެސްދިން "ވަރަށް ތަފާތު" ޕްރޮގްރާމްގައި އަޒްލީން ވަނީ ހަ ލަވައެއް ހުށަހަޅުއްވަ ދެއްވާފައެވެ. 

އިބްރާހިމް ރަޝީދު (މަހުރަބު އިއްބެ) ހޯސްޓްކުރި އެ ޕްރޮގްރާމްގައި އަޒްލީން ވަނީ ލަވަ ވިދާޅުވުމުގެ އިތުރުން ގައުމީ، ސިޔާސީ އަދި އަމިއްލަފުޅު ދިރިއުޅުއްވުމުގެ ބައެއް ވާހަކަތައްވެސް ހިއްސާ ކުރައްވާފައެވެ.

އަޒްލީން ވިދާޅުވީ ސިޔާސީ ދާއިރާގައި އުޅުއްވި ނަމަވެސް އެބޭފުޅާގެ ޕްރޮފެޝަންއަކީ ކިޔަވައިދެއްވުން ކަމަށެވެ. އަދި އެންމެ ކުރާހިތުން ކުރާކަމަކީވެސް އުނގަންނާދިނުމާއި އެވެއާނަސްގެ މަސައްކަތްކަމަށާއި މިހާރު ޕީއެޗްޑީގެ ތީސީސް ލިއުއްވަމުން ގެންދަވަނީވެސް، އެޑިއުކޭޝަން މެނޭޖްމަންޓް ދާއިރާއިންކަމަށް އަޒްލީން ވިދާޅުވުއެވެ.

your imageމިރޭގެ ޕްރޮގްރާމްގައި އަޒްލީން ލަވަ ވިދާޅުވަނީ

އަޒްލީމް މިރޭ ހުށަހަޅުއްވާ ދެއްވި ބައެއް ލަވަތަކުގެ ޅެން ހައްދަވާފައިވަނީވެސް އަމިއްލަ ފުޅަށެވެ. ލޯބީގެ ލަވައިގެ އިތުރުން ގައުމީ ލަވަވެސް އަޒްލީން ހުޅަހަޅުއްވާ ދެއްވިއެވެ. ހުރިހާ ލަވައެއްވެސް ވަރަށް ތަފާތުވެފައި ރީއްޗެވެ.

އަޒްލީންގެ ކޮމްޕޯސަރު ހުސައިން ސޮބާހް ބުނީ، ކެރިއަރުގެ މިވީ ދިގު މާޒީގައިވެސް އަޒްލީން ވިދާޅުވިހާ ރީއްޗަށް އެހާ ފައިންކޮށް ލަވަކިޔާ ދެވަނަ މީހަކު ދިމާވެފައި ނެތްކަމަށެވެ. 

އަދި އަޒްލީން ބޭނުންފުޅު ވެއްޖެނަމަ ކުރިއަށް އޮތްތަނުގައި އަޒްލީން ވެގެންދާނީ ފިލްމުތަކަށްވެސް ލަވަ ވިދާޅުވާނެ އަދި ތަފާތު މޮޅު ލަވަތައް ގެނެސްދެއްވާނެ ބޭފުކަށްކަމަށް ސޮބާހު ބުނެފައިވެއެވެ.

43%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
29%
ވަރަށް ސަލާމް
ކޮމެންޓްސް