ads
މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ)
ކޮތަޅު ފީއަށް ގޮތެއް ނިމެންދެން މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް އެދެފި
ކުނި މެނޭޖް ކުރުމާއި ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް ނިމެންދެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވުމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ހުށަހަޅުއްވައިފި އެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިންޑަސްޓްރިއަލް ރިލޭޝަންގެ ބިލް މަޖިލީހަށް ހުށަހަޅަން ދިން ފުރުސަތުތުގައި، އެ ބިލް ހުށަހެޅުމުގެ ކުރިން ޝަރީފް ވަނީ ކުނި މެނޭޖް ކުރުމާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް ނިމެންދެން މަޖިލިސް ޗުއްޓީއަށް ނުގޮސް މަޑުކުރުމަށް ހުށަހަޅާ ކަމަށެވެ. 

"މިހާރު ބަހުސް ކުރެވެމުންދާ ކުނި މެނޭޖް ކުރުމާ ބެހޭ ބިލަށް ހުށަހެޅިފައިވާ އިސްލާހުގެ މަސައްކަތް ނިމެންދެން މަޖިލިސް ޗުއްޓީއަށް ނުގޮސް ކުރިއަށް ގެންދިއުމަށް އަޅުގަނޑު ހުށަހަޅަން. އިއްޒަތްތެރި މެންބަރަކު ތާއިދު ކުރައްވާނެ ކަމަށް ހުށަހަޅަން،" ޝަރީފް

މިހެން ވިދާޅުވުމަށްފަހު ޝަރީފް ވަނީ އިންޑަސްޓްރިއަލް ރިލޭޝަންގެ ބިލް މަޖިލީހަށް ހުށަހަޅުއްވަން ފައްޓަވާފަ އެވެ. ނަމަވެސް ރައީސް ނަޝީދު ވަނީ ޝަރީފްގެ ވާހަކަފުޅު މެދު ކަނޑާލުމަށްފަހު އެއީ މެންބަރަކަށް ހުށަހެޅޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. 

ރައީސް ނަޝީދު ވިދާޅުވީ އެއީ ޝަރީފަށް ހުށަހެޅެން ނެތް ކަމެއް ކަމަށާއި އެކަން ސާފުކޮށްދެއްވީ ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ މާދަމާގެ ޖަލްސާއަށްފަހު މަޖިލިސް ޗުއްޓީއަށް ދާނެ ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ. 

"އިއްޒަތްތެރި މެންބަރަށް ސާފުކޮށް އަރުވަން ޖެހޭ އިއްޒަތްތެރި މެންބަރަށް ހުށަހެޅުއްވެން ނެތް ކަމެއް ތިޔަ ހުށަހެޅުއްވީ. އެހެންވީމާ ހަމަ ސާފުކޮށްލަ ދިނީ. އިރާދަ ކުރެއްވިއްޔާ މާދަން މި މަޖިލިސް ޗުއްޓީއަށް ދާނެ،" ރައީސް ނަޝީދު

ޝަރީފްގެ އިތުރުން ސަރުކާރަށް ތާއިދު ކުރާ ބައެއް އެހެން މެންބަރުންވެސް މީގެ ކުރިން ވަނީ ކުނި މެނޭޖް ކުރުމާ ބެހޭ ގާނޫނަށް ހުށަހެޅިފައިވާ އިސްލާހުގެ މަސައްކަތް ނިމެންދެން މަޖިލިސް ކުރިއަށް ގެންދެވުމަށް ގޮވާލާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް