ޓެލެގްރާމް ގުރޫޕެއްގައި ކޮށްފައިވާ ޕޯސްޓެއްގައި، އަލްހާން މަރާލި މީހަކަށް ދެ ލައްކަ ރުފިޔާ ހުށަހަޅައި ބުނެފައިވަނީ އެކަމާ ގުޅޭގޮތުން އެ ގްރޫޕްގެ އެޑްމިންއަށް މެސެޖް ކުރަން އެދޭކަމަށެވެ.
މަޖިލީހުގެ މެމްބަރުކަމުގައި ހުންނަވަނިކޮށް މީގެކުރިންވެސް ބަޔަކުވަނީ އަލްހާނަށް ވަޅިން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލާފައެވެ.
އަލްހާން މަރަން މީހަކު ފައިސާގެ އިނާމް ހުށަހެޅި މައްސަލަ އަލްހާން ވަނީ ހޯމްމިނިސްޓަރަށާއި ކޮމިޝަނަރު އޮފް ޕޮލިސްއަށް ހުށަހަޅާފައެވެ.
ފޮރެކްސް ޓްރޭޑިންގެ ނަމުގައި އަހްލާން ހިންގި ސްކީމަށް އިންވެސްޓްކުރި އެތައް ބައެއްގެ އެތައް މިލިއަން ރުފިޔާއެށް އަނބުރާ ނުލިބި އަލްހާންދެކެ ގިނަ ބަޔަކު ވަނީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ.