ads
އިވެންޓަށް ފަހު މަލައިކާ އަރޯރާ ވަށާލައިގެން ތިބި މީހުން
މަަލައިކާ އަރޯރާ ބިރުން ހަލާކުވެއްޖެ
ބޮލީވުޑްގެ މަޝްހޫރު ތަރި މަލައިކާ އަރޯރާ ދުބާއީގައި ބޭއްވި އިވެންޓެއްގައި އޭނާއާ އެކު ސެލްފީއެއް ނަގަން ބޭނުންވި ފޭނުންތަކެއް އޭނާގަޔަށް އަރައިގަތުމުން އޭނާ ބިރުން އަވަދިވެއްޖެކަމަށް ބުނެފިއެވެ.
Advertisement

ވައިރަލް ވެފައިވާ ވީޑިއޯތަކުން ފެންނަގޮތުން ދުބާއީގައި އޮތް އިވެއްޓެއް ނިންމާލުމަށްފަހު އޭނާއާއެކު ސެލްފީނަގަން ބޭނުންވާ ފޭނުންތައް ވަނީ އޭނާ ވަށާލާފައެވެ. އަދި ބައެއް މީހުން މަލައިކާ ގައިގައި އަތްލާ ކޮށްޕާ ހަދާމަންޒަރުވެސް ފެނެއެވެ. އަދި އޭނާ ނުކޮށްޕުމަށް އެދޭ އަޑު އެވީޑިއޯއިން އިވެއެވެ. 

"އެފްޓީވީއާ" ގުޅިގެން "ފެޝަންޒް ބައި ޑޭނޫބް" ގެ މުނާސަބަތުގައި ފިލްމްފެއާ މީޑިއަލް އީސްޓްގެ އެންމެ ފަހުގެ އަދަދު ލޯންޗު ކުރުމަށް މަލައިކާ ވަނީ މި އިވެންޓް ޝަރަފުވެރިކޮށްދީފަ އެވެ. 

މި ހާދިސާއަށްފަހު މަލައިކާ ވަނީ ފަހުން ނޫސްވެރިންގެ މައުލޫމާތު ދީފައެވެ. 

"ފޭނުން އުޅުނުގޮތުން އަޅުގަނޑު ބިރުން ހަލާކުވެއްޖެ. ސަޕޯޓުކުރިއަސް އިހުތިރާމް ކުރުންވެސް މުހިންމު،" މަލައިކާ އާނޭގެ ހިތްނުތަނަވަސްކަން ހިއްސާކުރަމުން ބުންޏެވެ.

މަލައިލާ ބުނީ އިވެންޓުގެ ސެކިއުރިޓީން އެނާ ސަލަމާތްކުރަން އުޅުނު ނަމަވެސް މީހުންގެ އަމަލުތައް ހުރިގޮތުން އަނިޔާވެސް ވިކަމަށެވެ. އަދި ބައެއް މީހުން ފޮޓޯނަގަން އައީ ރަނގަޅު ނިޔަތެއްގައި ނޫންކަމަށް ވެސް އޭނާ ބުންޏެވެ. 

"އަޅުގަނޑު ހިތްހަމަނުޖެހުނީ ފޮޓޯނަގަންކަމަށް ބުނެ މޭ މައްޗަށް ކެމެރަ ދިއްކުރުމުން. އަނެއްބަޔަކު ފޮޓޯ ނަގަން މި ދިއްކުރަނީ އަޅުގަނޑުގެ އުނަގަނޑާ ދިމާލަށް. އެގޮތަށް ފޮޓޯނަގަންޔާ އެއީ ބަލައިގަނެވޭނެކަމެއް ނޫން،" މަލައިކާ ބުންޏެވެ.

މަލައިކާ އެންމެ ފަހުން ފެނިފައިވަނީ އޭނާގެ އޯޓީޓީ ރިއަލިޓީ ޝޯ "މޫވިންގް އިން ވިތު މަލައިކާ" އާއި ގުރޫ ރަންދަވާގެ އާ މިއުޒިކް ވީޑިއޯ "ޓެރާ ކީ ހަޔާލް" އިންނެވެ. 

މަލައިކާ މީގެ ކުރިން އަރުބާޒް ހާންއާ ކައިވެނި ކުރިއިރު، އެމީހުންގެ ވަރިވެފައިވަނީ 2017 ވަނަ އަހަރު އެވެ.  އެކްޓަރު އަރްޖުން ކަޕޫރާ ގުޅުން އޮންނަކަން ރަސްމީކޮށް 2019 ވަނަ އަހަރު އިންޓަވިއުތަކާއި ސޯޝަލް މީޑިއާގައި އިއުލާނުކުރިއެވެ. 

50%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް