ads
ބާޒާރު ގައި ހުރި އަނބު ފޮށިގަނޑެއް
މާލޭގެ ބާޒާރުގައި ދޮން އަނބު ވަރަށް ތިޔާގި ވެއްޖެ
މާލޭގެ ދަތުރުވެރިންގެ މާރުކޭޓާއި، މަސް މާރުކޭޓު ކުރިމަތިން ހުންނަ ލޯކަލް މާރުކޭޓްގައި ގިނަ އަދަދަކަށް ދޮންއަނބު ލިބެން އެބަހުއްޓެވެ.
Advertisement

ދަތުރުވެރިން ގެ މާރުކޭޓުގެ ބޭރުން ޕާކިން ޒޯންގައި ކުޑަ ޖަހައިގެން އެއް ބަޔަކު ދޮން އަނބު ވިއްކަމުން ދާއިރު މާރުކޭޓުގެ އެތެރެ ގޮޅިތަކުގައި ވެސް ގިނަ އަދަދަކަށް ދޮންއަނބު ހުރިކަން ފާހަގަ ކުރެވެއެވެ. އަދި ހަމަ އެހެން ލޯކަލް މާރުކޭޓްގައި އާއި އަމީނީ މަގު ބާޒާރުގައި ވެސް އަނބު ވަރަށް ތިޔާތްގެވެ.

your imageބާޒާރު ގައި ހުރި އަނބު ފޮށިގަނޑެއް 

ދަތުރުވެރިން މައުލޫމާތު ދޭގޮތުގައި މިދުވަސްވަރު ގިނަ އަދަދަކަށް އަނބު ލިބެން މިހުރީ ރާއްޖޭގެ ހުރިހާ ދިމާލަކަށް ވެސް އަނބު މޫސުމް އައިސްފައި ވުމާއި ގުޅިގެންނެވެ. 

އަނބުގެ ވިޔަފާރިއަށް މަޝްހޫރު ފޯއްމުލަކާއި، ލ އަތޮޅާއި އައްޑޫ އަދި ބައެއް އުތުރުގެ ރަށްރަށުންވެސް ބާޒާރަށް ގިނަ އަދަދަކަށް އަނބު ގެނެސްފައިވާ ކަން ފާހަގަ ކޮށްލެވެއެވެ.

އަނބު ބައެއް 100 ރުފިޔާ އަށް ބޭރުން ލިބެންހުރި އިރު މާރުކޭޓުގެ އެތެރެ ގޮޅިތަކުގައި 50 ރުފިޔާއަށް ކިލޯއެއްގެ މަގުން އަނބު ލިބެން އެބަހުއްޓެވެ. 

your imageއަނބު ބައެއް - ދަތުރުވެރިން ގެ މާރުކޭޓު

"މިދުވަސްވަރު އަނބު ލިބޭ ވަރަށް. ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އަނބު މޫސުމް ވީމަ ވަރަށް ބައިވަރު އެބަގެނޭ މިހާރު. " މައުލޫމާތު އޮޅުން ފިލުވާލުމަށް ސުވާލުކޮށްލުމުން ޏ.ފޯއްމުލަކު އިބްރާހީމް މުހައްމަދު ބުންޏެވެ.

ދަތުރުވެރިންގެ މާރުކޭޓުގެ އެތެރެ ގޮޅިތަކުން މީހަކާ ސުވާލުކޮއްލުމުން ބުނީ އަނބު ތައް ފީވެ ހަލާކުވުމުން ދާތީ އަގު ހެޔޮ ކުރަމުން ދާކަމުގައެވެ. އެހެން ކަމުން 10 ރުފިޔާއަށް 3އަނބު ، 4 އަނބު ވެސް ވިއްކަމުން ދާ ކަމުގައި އެފަރާތުން ބުންޏެވެ. 

"ވަރަށް ބައިވަރު އަނބު މީ. މިހާރު އަގު ހެޔޮ ކުރަމުން މިދަނީ. 10 ރުފިޔާއަށް 3 އަނބު 4 އަނބު މިހާރު މި ދޫކޮށްލަނީ. އެހެން ނޫނީ ފީވެގެން ހަލާކުވެގެން އުކާލަން ޖެހޭ ބައި ބޮޑުވާނީ" މާރުކޭޓުގެ އެތެރެއިން ބައްދަލުވި މީހަކު ކިޔައި ދިނެވެ.

މާރުކޭޓުގެ އެތެރެއާއި ބޭރުގައި ތިބި މީހުން ބުނާ ގޮތުން ކުރިއަށް އޮތް ހަފްތާގައި އަނބު ބައެއްގެ އަގު 50 ރުފިޔާއަށް ތިރިވާނެ އެވެ. 

your imageގޮޅިއެއް ގައި ހުރި އަނބު ފޮށްޓެއް

ލޯކަލް މާރުކޭޓްގެ ބައެއް ގޮޅިތަކުގައި މިހާރު ވެސް އަނބު ބައެއް 50 ރުފިޔާއަށް ލިބެން އެބަހުއްޓެވެ. ލޯކަލް މާރުކޭޓުގެ މީހުން ބުނާ ގޮތުގައި ހޫނުގެ ސަބަބުން އަނބު ތައް ވަޅޯދޮން ވުމުގެ ސަބަބުން ވަރަށް ބޮޑަށް ދަނީ ހަލާކު ވަމުންނެވެ.   

ގިނައަދަދެއްގެ ދޮން އަނބު ބާޒާރުން ފެނުނު ނަމަވެސް، ހުތް އަނބު ލިބުން ތަންކޮޅެއް ދަތިކަން ފާހަގަ ކުރެވެއެވެ.

 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް