ads
އައިޝްވާރިއާ ރާއީ ބަޗަން
އައިޝްވާރިއާ ބޮލީވުޑް އިންޑަސްޓްރީއަށް ފިލައިފި: ރިޕޯޓު
ބޮލީވުޑް އިންޑަސްޓްރީ އެންމެ ހާލުގައި ޖެހުނުވަގުތު ބެލުމަށްފަހު، ބޮލީވުޑްގެ ސުޕަސްޓާ އަދި އިންޑިއާގެ ރީތީގެ ރާނީ އައިޝްވާރިއާ އެ އިންޑަސްޓްރީއަށް "ފިލައިފި" ކަމަށް ބުނެ ބޮލީވުޑުގެ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ކަންބޮޑުވުން ފާޅުކުރަންފަށައިފިއެވެ.
Advertisement

އައިޝްވާރިއާއަށް ފާޑުކިއުންތައް އަމާޒުވާން ފެށީ ތަމަޅަ ފިލްމު "ޕީއެސް 2" ގެ ޕްރެސް މީޓްގައި އައިޝްވާރިޔާ ރާއީ އާއި ބައެއް ނޫސްވެރިން ކުރި ސުވާލުތަކަކާ ގުޅިގެން އޭނާ ދިން ޖަވާބަށްފަހުއެވެ. 

މިގޮތުން ބޮލީވުޑަށް އުނދަގޫ މަރުހަލާއެއް ކުރިމަތިވަމުން ދަނިކޮށް، ގަސްތުގައި ދެކުނު އިންޑިއާގެ ފިލްމު އިންޑަސްޓްރީއާ ދިމާއަށް "'ދުވެ ފިލަނީ ތޯ؟" ނޫސްވެރިއަކު ސުވާލުކުރިއެވެ. 

އައިޝްވާރިޔާ ރާއީ ބައްޗަން އާއި ސުވާލު ކުރުމުން ބުނީ “މިއަދު ސައުތު މިދަނީ ބޮލީވުޑްގެ މައްޗަށް ކާމިޔާބު ހޯދަމުން. ސައުތު ފިލްމުތަކަކީ ބޮކްސް އޮފީހުގައި ހިޓް ފިލްމުތަކަކަށް ވާއިރު، ބޮލީވުޑުން އެ ދެކުނު ފިލްމުތައް ރީމޭކް ކުރާއިރު އެ ފިލްމުތައް ވެގެން ދަނީ ފްލޮޕްތަކަކަށް،" ކަމަށެވެ.

މި ޖަވާބާއެކު ބޮލީވުޑަށް ސަޕޯޓުކުރާ ބައެއް ނޫސްތަކުން ގެންދަނީ ތަފާތު ރިޕޯޓުތައް ނެރި އައިޝްވާރިއާއަށް ފާޑުކިޔަމުންނެވެ. 

އައިޝްވާރިޔާ ރާއީ މިހާރު ތައްޔާރުވަމުން އަންނަނީ އޭނާ އެންމެ ފަހުން ކުޅުނު ތަމަޅަ ފިލްމު “ޕޮނިޔިން ސެލްވާން 2” ރިލީޒް ކުރުމަށެވެ. އެއީ 2022 ވަނަ އަހަރު ރިލީޒްކުރި މަނީ ރަތުނަމްގެ ޕީރިއަޑް ޑްރާމާ ފިލްމުގެ ސީކުއެލްއެކެވެ. މި ފިލްމުގައި ޗިޔާން ވިކްރަމް، ޖަޔަމް ރަވީ، ކާރްތީ، ސޮބިތާ ދުލިޕާލާ އަދި ޓްރިޝާ ކްރިޝްނާން އުޅެއެވެ. 

"ޕީއެސް 2" ގެ މިއުޒިކް ދީފައިވަނީ އާރް ރަހްމާން އެވެ. އަންގާރަ ދުވަހު މުމްބާއީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަނީ ރަތުނަމް، އާރް ރަހްމާން އަދި ފިލްމުގެ މުޅި ކާސްޓުން ވަނީ މީޑިއާއާ ވާހަކަ ދައްކާފައެވެ. 

22%
ކަމުގޮސްފި
43%
އަޑުއެހިތާ މިހުރީ
16%
ސަތޭކައަކުން ސުމެއް
19%
ވަރަށް ސަލާމް
ކޮމެންޓްސް