ads
މޫސުން ގޯސްވެ ދިޔަވި ދޯންޏެއް
މުޅި ރާއްޖެއަށް 24 ގަޑިއިރަށް ވިއްސާރަކުރާނެ
ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަވެ، ގުގުރުމާއެކު ވައި ގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން މިއަދު ބުންޏެވެ.
Advertisement

މޫސުމާ ބެހޭ އިދާރާގެ މީޓިއޮރޮލޮޖިސްޓް އަހުމަދު ޝާބިން ވިދާޅުވި ގޮތުގައި ހޮނިހިރު އަދި އާދިއްތަ ދުވަހު ވެސް ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ވިއްސާރަ ކުރާނެ އެވެ. އަދި އުތުރުގެ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ވިއްސާރައަކީ ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑަކާއި، ރާއްޖެއާ ދުރުން ދެކުނުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރާ ވިއްސާރައެއް ކަމަށް އެ އިދާރާއިން ބުންޏެވެ. އަދި ދެކުނުގެ އަތޮޅުތަކަށް މިއަދު ހެނދުނު 8:30 އިން މެންދުރުފަހު 14:30 އާ ހަމައަށް ވައިޓް އެލާޓް ނެރެފައިވާއިރު، 22 އާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ. މިއީ ސްކޫލް ބަންދު ދުވަސްވަރަކަށް ވުމާއެކު ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމާ ބެހޭ އިދާރާއިން ނެރޭ އެލާޓްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެ އެވެ.

  • ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަވެ ވައި ގަދަވާނެ
  • ދެކުނަށް ގަޑިއަކު 22-27 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ
  • އުތުރާއި މެދު ރާއްޖެތެރެއަށް ގަޑިއަކު 19-24 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ
  • ވިއްސާރައަކީ ބޭ އޮފް ބެންގާލްގެ ކޮޅިގަނޑުގެ ސަބަބުން ކުރާ ވިއްސާރައެއް
  • ސްކޫލް ބަންދު ދުވަސްވަރަށް ވުމާއެކު ކަނޑު ދަތުރުތަކުގައި ސަމާލުވުމަށް އިލްތިމާސްކޮށްފައިވޭ
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް