ads
ސުޕަރ ލީގުގެ މެޗެއްގެ ތެރެއިން
އިންޑިޔާގެ ދަށް ލީގުތަކުގައި ބިދޭސީ ކުޅުންތެރިން މަނާކޮށްފި
އިންޑިޔާގެ ދެވަނަ ޑިވިޝަނުން ދަށުގެ އެއްވެސް ލީގެއްގައި އަންނަ ސީޒަނުން ފެށިގެން ބިދޭސީ ކުޅުންތެރިންނަށް ނުކުޅެވޭ ގޮތަށް މުބާރާތްތަކުގެ ގަވައިދު ބަދަލުކޮށް ކްލަބުތަކަށް އެކަން އަންގައިފިއެވެ.
Advertisement

ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން، އިންޑިޔާގެ ޑިސްޓްރްރިކްޓް ފެންވަރުގެ މުބާރާތްތަކާއި އަދި ސްޓޭޓް ލެވެލްގެ ހުރިހާ މުބާރާތަކުން ބިދޭސީ ކުޅުންތެރިން މަނާކުރީ އިންޑިޔާގެ ގިނަ ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. ބިދޭސީ ކުޅުންތެރިންގެ ގަވައިދު އަންހެން އަދި ފިރިހެން ލީގުތަކަށް ވެސް ފެތޭނެއެވެ.

އަލަށް އަމަލުކުރަން ފަށާ ގަވާއިދާއެކު، އަންނަ ސީޒަނުން ފެށިގެން އިންޑިއަން ސުޕަ ލީގު އަދި ހީރޯ އައި ލީގު ފިޔަވައި އެހެން އެއްވެސް ލީގެއްގައި ބިދޭސީ ކުޅުންތެރިންނަކަށް ނުކުޅެވޭނެއެވެ. މި ގޮތަށް އޯލް އިންޑިއަން ފުޓްބޯލް ފެޑެރޭޝަނުން ނންމީ، ގައުމީ ކޯޗުގެވެސް ރިކޮމެންޑޭޝަނާއެކުއެވެ. 

ބިދޭސީ ކުޅުންތެރިން ދަށް ޑިވިޝަންތަކުން މަނާކުރުމަކީ އިންޑިޔާގެ ފުޓްބޯޅަ މުޅިން ބަދަލުކޮށްލާނެ ތަސައްވަރެއްގެ ގޮތުގައި، "ވިޝަން 2047" ގެ ނަމުގައި އޯލް އިންޑިޔާ ފުޓްބޯޅަ ފެޑެރޭޝަނުން ތައްޔާރު ކުރި ޕްލޭންގެވެސް ބައެކެވެ. 

އޯލް އިންޑިޔާ ފުޓްބޯޅަ ފެޑެރޭޝަނުން އެކުލަވައިލި މި ތަފްސީލީ ތަސައްވަރަކީ 2047 ވަނަ އަހަރާއި ހަމައަށް އިންޑިޔާގެ ފުޓްބޯޅައިގެ ކަންކަން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ހުލާސާ ޕްލޭންއެވެ. 

މި ޕްލޭންގެ ދަށުން އިންޑިޔާއިން އުއްމީދު ކުރަނީ 2047 ވަނަ އަހަރާއި ހަމައަށް ދާއިރު އިންޑިޔާއަކީ އޭޝިޔާގެ ފުޓްބޯޅައިގެ ގަދަ ބާރަކަށް ވެގެން ދިޔުމާއި މެރިޓް ވައިސްކޮށް ވޯލްޑްކަޕަށް ކޮލިފައިވެވޭ ފެންވަރު އިންޑިޔާގައި ހުރުމެވެ.

ކުރިއަށް އޮތް 25 އަހަރަށް ހެދި މި ޕްލޭންގައި އިންޑިޔާގައި 2047 ވަނަ އަހަރާއި ހަމައަށް ތަސައްވަރު ކުރާ ކަންކަމާއި ހިސާބަށް ދިޔުމަށް އެކި ހިސާބުތަކުން ކުރަން ކަނޑައަޅައި އަމާޒު ހިފާފައިވާ ކަންކަން ބަޔާންކޮށްފައިވެއެވެ. 

އޭގެ ތެރޭގައި ދަނޑުތައް އެޅުމާއި ޔޫތު ޕްރޮގްރާމްތަކާއި ކޯޗުންނާއި ރެފްރީން ތަމްރީން ކުރުމުން ފެށިގެން ކްލަބު ހިންގުމާއި ލީގު ހިންގުމާއި މާކެޓިންނާއި ބްރޯޑްކާސްޓިންނާ އަދި އެ ނޫންވެސް އެތައް ކަމެއް ހިމެނެއެވެ. 

މި ހުރިހާ ލަނޑު ދަނޑިތަކާއެކު އިންޑިޔާއިން އަމާޒު ހިފާފައިވަނީ ދިގު ރާސްތާއެއްގައި ފުރަތަމަ ކަމަކަށް އޭޝިޔާގެ ގަދަ ބާރަކަށް އިންޑިޔާވުމަށެވެ. މި ގޮތުން އިންޑިޔާގެ ގައުމީ ޓީމުގެ އިތުރުން އިންޑިޔާ ލީގަކީ އޭޝިޔާގެ އެންމެ މަތީ ފެންވަރުގެ ލީގަކަށް ހެދުން މި ޕްލޭންގައި ހިމެނެއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް