ads
މިއަދު ދިޕިކާ ލައިގެން ހުރި ހެދުން
ދިޕިކާ ހެދުން ވައްތަރީ ސްކޫލް ޔުނީފޯމަކާ ކަމަށް ބުނެ ފާޑުކިއަނީ
ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ދިޕިކާ ޕަދުކޯން މިއަދު އެއާޕޯޓަށް ދިޔައިރު ލައިގެން ހުރި ހެދުން ވައްތަރީ ސްކޫލެއްގެ ޔުނީފޯމާ ކަމަށް ބުނެ ގިނަބައެއްގެ ފާޑުކިއުން އަމާޒުވެއްޖެއެވެ.
Advertisement

މިގޮތުން މިއަދު އެއާޕޯޓުން ނޫސްވެރިންނަށް ދިޕިކާ ފެނުނުއިރު ހުރީ، ލޫޒް ފިޓެޓް ޓްރެކްސޫޓަކާ، ކެޝުއަލް ޓީޝާޓެއްލާފައެވެ.

ދިޕިކާގެ ހެދުން ރީތިކަމަށް އެއްބަޔަކު ބުނާއިރު، އަނެއްބަޔަކު ބުނަނީ ދިޕިކާގެ ސްޓައިލް މިއަދު ވައްތަރީ ސްކޫލް ޔުނީފޯމަކާކަމަށެވެ. 

ދީޕިކާ ޕަދުކޯން އަކީ ބޮލީވުޑް  އިންޑަސްޓްރީގެ އެންމެ މަގުބޫލު އެއް ބަތަލާ އެވެ. އަދި އޭނާ އަކީ ގިނަ ޕްރޮޖެކްޓްތަކުގައި ވަރަށް ބިޒީކޮށް އުޅޭ ތަރިއެކެވެ.

އޭ ލިސްޓްގައި ހިމެނޭ ބަތަލާވަނީ މި އަހަރުގެ އެންމެ ބޮޑު ހިޓް ފިލްމުތައް ކަމަށްވާ ޝާހްރުކް ހާން ލީޑް ރޯލުން ފެނިގެންދިޔަ ފިލްމު "ޕަތާން" އިން ފެނިގެން ގޮސްފައެވެ. 

ދިޕިކާ މިހާރު ކުރާ މަސައްކަތަކީ "ކޭ" އަދި "ފައިޓާ" ގެ މަސައްކަތެވެ.  

ދިޕިކާ އަކީ ވަރަށް ގިނައިން އެއާޕޯޓުން ފެންނަ ތަރިއެކެވެ. ސަބަބަކީ އޭނާ ތަފާތު ޕްރޮޖެކްޓުތަކުގައި މަސައްކަތް ކުރަން އިންޑިއާގެ އެކި ސަރަހައްދުތަކާއި، ބޭރު ގައުމުތަކަށް ވެސް ދަތުރުކުރާތީއެވެ. 

އިންޑިއާގެ ނޫހަކަށް ދާދިފަހުން ދިން އިންޓަވިއުއެއްގައި ދިޕިކާ ބުނީ އޭނާ އަށް ދުނިޔޭގެ އެކިކަންކޮޅުތަކުން ފުރުސަތުތައްލިބޭ ކަމަށެވެ. އަދި އޭނާ އެފުރުސަތުގެ ބޭނުން ހިފާނެކަމަށެވެ. 

"އަހަރެންނަށް ޔަގީންކަންވެސް އޮވޭ ކުރަންޖެހުނު މިފަދަ ކޮންމެ ކަމެއް ކުރެވޭނެކަން. ބޭނުމެއް ނޫން ފުރުސަތުތައް ދޫކޮށްލާކަށް. މުހިންމީ އަމިއްލަ ނަސްފަށް އިތުބާރުކުރުން،" ދާދިފަހުން އޮސްކާވެސް ހުށަހަޅައިިދިން ތަރި ދިޕިކާ ބުންޏެވެ.

ދިޕިކާ ވަނީ ގަތަރުގައި ބޭއްވި ވޯލްޑްކަޕްގައި އެ މުބާރާތުގެ ޓްރޮފީ ދަނޑަށް ގެންދިއުމުގެ ޝަރަފުވެސް ހޯދާފައެވެ. އޭނާގެ އެނެމް ފަހުގެ ފިލްމު 'ޕަޓާން' އަކީ ބޮލީވުޑް ތާރީހުގައި ވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ބޮޑު ފައިދާއެއް ހޯދި ފިލްމުގެ ރެކޯޑު ގާއިމްކޮށްފައިވާ ފިލްމެކެވެ.  

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް