ads
ބާޒާރުގައި ވިއްކަންހުރި ކާށިތަކެއް
ތިން މަހުން 240 ޓަނުގެ ކާށި އެތެރެކޮށްފި
ނިމުނު ތިން މަހު 240 ޓަނުގެ ކާށި ރާއްޖެ އެތެރެކުރި ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މި ފަހަކަށް އައިސް ކާށި ލިބުން ދަތިވެ، ކާށި ވިއްކަމުން އައި އަގު އުފުލުމާއި ގުޅިގެން ރޯދަ މަހާ ދިމާކޮށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ބައެއް އަމިއްލަ ވިޔަފާރިތަކުން ވަނީ ކާށި އެތެރެކޮށް ހެޔޮ އަގުގައި ވިއްކާފައެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ ފަސް އަހަރު ރާއްޖެއަށް އެތެރެކޮށްފައިވަނީ،

  • 2018 - 0.599 ޓަނުގެ ކާށި
  • 2019 - 5.267 ޓަނުގެ ކާށި
  • 2020 - 1.167 ޓަނުގެ ކާށި
  • 2021 - 5.995 ޓަނުގެ ކާށި
  • 2022 - 2.868 ޓަނުގެ ކާށި

މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް އެތެރެކޮށްފައިވަނީ ޖުމްލަ 15.8 ޓަނުގެ ކާށްޓެވެ. އެހެންނަމަވެސް، ނިމުނު ތިން މަހު ރާއްޖެއަށް 240 ޓަނުގެ ކާށި ވަނީ އެތެރެކޮށްފައެވެ. މިއީ މިދިޔަ ފަސް އަހަރުގެ ތެރޭގައި އެތެރެކޮށްފައިވާ ކާށީގެ މިންވަރާ އަޅާބަލާއިރު ގާތްގަނޑަކަށް 15 ގުނަ އިތުރު އަދަދެކެވެ.

ކާށި ލިބުން ދަތިވުމާ ގުޅިގެން އެގްރިކަލްޗަ މިނިސްޓްރީން ވަނީ އިންޑީއާގެ ކެރެލާއިން 5،000 ރުއް ރާއްޖެއަށް އެތެރެކޮށްފައެވެ. ރުއްތައް އެތެރެ ކުރުމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން އެގްރިކަލްޗަ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެފައިވަނީ ރުއްތައް އެތެރެކޮށްފައިވަނީ ރުކުގެ އާ ޖީލެއް އުފެއްދުމަށް ކަމަށާއި އެ ރުއްތައް ރަށްތަކަށް ބެހުމަށް ނިންމަވާފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް