މޯލްޑިވްސް އޯޕަން 2023 - 10 ބޯލް ޗެމްޕިއަންޝިޕް ކޯ ޕިން ޗަންގް ކާމިޔާބުކުރީ ފައިނަލް މެޗުގައި ފިލިޕީންސްގެ ޔޯހަން ޗުއާއާ ވާދަކޮށް 10-8 ފްރޭމުން މެޗު ކާމިޔާބުކޮށްގެންނެވެ.
މި މުބާރާތުގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސާލިހެވެ.
ފައިނަލް މެޗުގައި ކޯ ޕިން ވަނީ ރަނގަޅު ލީޑެއް ނަގާފައެވެ. ނަމަވެސް ބްރޭކަށްފަހު ހެދުނު ގޯސްތަކެއްގެ ސަބަބުން ޔޯހަން ވަނީ ޖެހިޖެހިގެން ކާމިޔާބުކުރި ފްރޭމުތަކާއެކު 8-8 އިން އެއްވަރުކޮށްފައެވެ. އެކަމަކު ކޯ ޕިން ޗެމްޕިއަންކަން ހޯދީ ފަހު ދެ ފްރޭމުގައި މޮޅުވެގެންނެވެ.
ދުނިޔޭގެ 15 ގައުމެއްގެ 64 ކުޅުންތެރިން ވާދަކުރި މި މުބާރާތުގެ ގަދަ 32 ކުޅުންތެރިން ތެރޭގައި ރާއްޖޭގެ އެއްވަނަ ކުޅުންތެރިޔާ ހަސަން ޝާޒް މުހައްމަދު ވަނީ ހިމެނިފައެވެ.