ވަމީގެކުރިން އެ ޓްރައިބިއުނަލްގެ މެންބަރު ޝަމްއާ އިބްރާހިމް ވިހެއުމާ އެކު ދެމަސް ދުވަސް ނުވަނީސް ވަޒީފާއަށް ނިކުންނަން އެންގުމާ ދަރިފުޅު ގޮވައިގެން އޮފީހަށް ނިކުތުމުން އެކަންވަނީ މީޑާގައި ވަރަށް ބަޮޑަށް ކަވަރުކޮށްފައެވެ.
ވިހެއުމުން ދައުލަތުގެ ހުރިހާ މުވައްޒަފުންނަށްވެސް މުސާރައާއިއެކު ހަ މަސްދުވަހުގެ ޗުއްޓީއެއް ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. ޓްރެބިއުނަލްގައި އެކަން ތަންފީޒު ނުކުރާކަން ސަމާލުކަމަށް އައިީ ޝަމްއާގެ މައްސަލަ ފެންމަތިވުމުންނެވެ.
ޓްރެބުއުނަލުން މިހާތަނަށް މެމްބަރުންނަށް ދެމުން ގެންދިޔައީމ ވިހެއުމުން މުސާރައާއި އެކު ދެ މަސް ދުވަހުގެ ޗުއްޓީއެކެވެ. ނަމަވެސް އެއުސޫލު ބަދަލުކޮށް މިހާރުވަނީ ވިހެއުމުގެ ޗުއްޓީ މުސާރައާއިއި އެކު ހަ މަސް ދުވަހަށް އިތުރުކޮށްފައެވެ.