ads
މީހަކު ބާޒާރުކުރަނީ: ނިމިދިޔަ އަހަރު ދުވަހުގެ ތެރޭގައި އެންމެ ބޮޑަށް އުފުލިފައިވަނީ ކާބޯތަކެތީގެ އަގުތައް - ފޮޓޯ:ސީއެންއެމް
މުދަލާއި ހިދުމަތުގެ އަގުތައް ހަތަރު އިންސައްތަ ބޮޑުވެއްޖެ
އެއް އަހަރު ދުވަހުގެ ތެރޭގައި މުދަލާއި ހިދުމަތުގެ އަގުތައް ހަތަރު އިންސައްތަ ބޮޑުވެފައިވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން މިއަދު އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެމްބީއެސްއިން އާންމުކޮށްފައިވާ މާޗު މަހުގެ ކޮންސިއުމާ ޕްރައިސް އިންޑެކްސްއިން ދައްކާ ގޮތުން، މިދިޔަ އަހަރުގެ މާޗު މަހުން ފެށިގެން މި އަހަރުގެ މާޗު މަހުގެ ނިޔަލަށް އިންފްލޭޝަން ހުރީ 3.97 އިންސައްތައިގައިއެވެ. ނަމަވެސް މި އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު، މާޗު މަހު އަގު އުފުލުނީ 0.38 އިންސައްތަ އެވެ. 

ނިމިދިޔަ އަހަރު ދުވަހުގެ ތެރޭގައި އެންމެ ބޮޑަށް އުފުލިފައިވަނީ ކާބޯތަކެތީގެ އަގުތަކެވެ. ކާބޯތަކެތީގެ އަގުތަކުން އަށެއް އިންސައްތަ ވަނީ އިތުރުވެފައެވެ. މޭވާގެ ބާވަތްތަކުން 4.77 އިންސައްތަ އުފުލިފައިވާއިރު ކަނޑުމަހުގެ ބާވަތްތަކުން 1.28 އިންސައްތަ ވަނީ އިތުުރުވެފައެެވެ. އެހެންނަމަވެސް އެ މުއްދަތުގެ ތެރޭގައި ތަރުކާރީގެ އަގު ވަނީ 0.43 އިންސައްތަ ދަށްވެފައެވެ.

ކާބޯތަކެތީގެ އަގުތަކުގެ އިތުރުން ދެން އެންމެ ބޮޑަށް އުފުލިފައިވަނީ ކަރަންޓާއި ދަތުރުފަތުރުގެ އަގެވެ. ކަރަންޓުގެ އަގު ތިން އިންސައްތައަށް ވަނީ އިތުރުވެފައެވެ. އަދި ދަތުރުފަތުރުގެ އަގު 8.03 އިންސައްތަ ބޮޑުވެފައިވެއެވެ.

އަގުތައް އުފުލުނު އެހެން ދާއިރާތައް:

  • ރެސްޓޯރަންޓާއި އެކޮމޮޑޭޝަންގެ ހިދުމަތްތައް - 7.52 އިންސައްތަ
  • ތައުލީމީ ހިދުމަތްތައް - 4.63 އިންސައްތަ
  • ދުންފަތާއި ދުފުމުގެ ބާވަތްތައް - 4.44 އިންސައްތަ
  • ބޭސްފަރުވާ - 4.28 އިންސައްތަ

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން މުދަލާއި ހިދުމަތުގެ އަގުތަކަށް އަންނަ ބަދަލުގެ އިތުރުން ދުނިޔޭގެ ބާޒާރުގައި އަގުތަކަށް އަންނަ ބަދަލުތަކާ ގުޅިގެން މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު މުދަލާއި ހިދުމަތްތަކުގެ އަގުތައް ފަސް އިންސައްތަ އިތުރުވާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް