ads
މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު. -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ހިތަދޫ ކުނަހަންދޫ ކޯޒްވޭގެ މަސައްކަތް ލަސްވާތީ ގަރާރެއް ހުށަހަޅައިފި
ލ. ހިތަދޫއާއި ކުނަހަންދޫ ގުޅާލުމުގެ ގޮތުން އަޅާ ކޯޒްވޭގެ މަސައްކަތް ލަސްވާތީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
Advertisement

މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އެވެ. މިއަދުގެ ޖަލްސާގައި އޮތީ މި ގަރާރުގެ ފުރަތަމަ ކިޔުން އިއްވުމެވެ. 

ސައީދު ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ ހިތަދޫ އާއި ކުނަހަންދޫ ގުޅާލުމަށް ކޯޒްވޭއެއް އަޅައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ. 

ސައީދުގެ ގަރާރުގައި އިތުރަށް ބުނެފައިވަނީ ހިތަދޫއާއި ކުނަހަންދޫ ކޯޒްވޭގެ ސަބަބުން އިގްތިސާދީ އަދި އިޖްތިމާއީ ގޮތުންވެސް ރައްޔިތުންނަށް މަންފާވާނެ ކަމެއް ކަމަށް ގަރާރުގައި ވަނީ ބުނެފަ އެވެ. 

މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި މި މަސައްކަތް ކޮންޓްރެކްޓަރާއި ހަވާލުކުރި ނަމަވެސް ކޯޒްވޭގެ އެއްވެސް މަސައްކަތެއް މިހާތަނަށް ކުރިއަށް ނުދާ ކަމަށެވެ. އެކަމުގެ ސަބަބުން ރައްޔިތުން ކަންބޮޑުވުން ފާޅު ކުރަމުން ދާ ކަމަށް ގަރާރުގައި ބުނެފައިވެ އެވެ. 

ސައީދު މި ގަރާރު ހުށަހަޅާފައިވަނީ ހިތަދޫ އާއި ކުނަހަންދޫގެ ކޯޒްވޭގެ މަސައްކަތް އަވަސްކޮށްދިނުމަށް އެދި ސަރުކާރަށް ގޮވާލުމުގެ ގޮތުންނެވެ.

ހިތަދޫ އާއި ކުނަހަންދޫގެ ކޯޒްވޭއަކީ 500 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ކޮންޓްރެކްޓަރާއި ހަވާލު ކުރެވުނު މަޝްރޫ އެކެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް